ހަ މީހުންނާއެކު ދަތުރުކުރި “އުރަފާ” ނަމަކަށް ކިޔާ ޑައިވިންގް ދޯންޏެއް ހދ. ނޮޅިވަރަންފަރުގެ ހުޅަނގުފަރާތު ފަރަށް އަރައިފިއެވެ.
ދޯނީގައި ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަން އާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން މިހާރު ދަނީ ކުރަމުންނެވެ.
އެމްއެންޑީއެފުން ހާމަކޮށްފައިވާ ގޮތުގައި، ފަރަށް އެރި މި ދޯނީގައި ހާދިސާ ހިނގި ވަގުތު ހަ މީހުން ތިއްބެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި، ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާކަމުގެ ތަފްސީލެއް އެއްވެސް އިދާރާއަކުން ހާމަކޮށްފައި ނުވެއެވެ.


