އަމާން އުުދަރެސްގެ ޓަވަރަކުން ކުއްޖަކު ވެއްޓިއްޖެ

ޚަބަރު ފަހުގެ

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އަމާން އުދަރެސް ޓަަވަރަކުން ކުއްޖަކު ވެއްޓިގެން އުޅޭކަމުގެ މައުލޫމާތު ލިބިގެން ސީންގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ، އެ ކުއްޖާ ވެއްޓިފައި ވަނީ އަމާން އުދަރެސް 2 ގެ 3 ވަނަ ފަންގިފިލާއިން ބޭރަށް ކަމަށެވެ. އަދި ކުއްޖަކު ވެއްޓިފައިވާ ކަމަށް ރިޕޯޓް ލިބިގފައި ވަނީ 11:35 އެހައިކަންހާއިރު ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

“ވެއްޓިފައިވަނީ 16 އަހަރުގެ ދިވެހި އަންހެން ކުއްޖެއް. އެ ކުއްޖާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން،”. އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ