ބޭސް ހޯދަން ސްޓޭޓް ފާމާއިން އިތުރު ކުންފުންޏަކާ އެކު ސޮއިކޮށްފި

ޚަބަރު ފަހުގެ

ސަރުކާރުގެ ބޭސް ކުންފުނިން މި ފަހަރު ސޮއިކުރީ ޕާކިސްތާންގެ ކުންފުންޏެއް ކަމަށްވާ ހިރާނިސް ފާމަސޫޓިކަލްސް ޕްރައިވެޓް ލިމިޓެޑާއެކު އެވެ.

ސްޓޭޓްފާމާ އިން ބުނީ މިއަދު ސޮއިކުރި އެއްބަސްވުމަކީ އެ ކުންފުނީގެ ބައިނަލްއަޤުވާމީ ސަޕްލަޔަރުންގެ ވިއުގަ އިތުރަށް ވަރުގަދަކޮށް ފުޅާކުރުމަށް އެޅި ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން، އިތުބާރު ހުރި ސަޕްލައި ޗެނަލްތަކެއް ޤާއިމު ކުރުމަށް މަގުފަހިވާނެ ކަމަށާއި، މި އެއްބަސްވުމުގެ ސަބަބުން ކުންފުނިން ކުރަމުންދާ މަސައްކަތްތަކަށް ކުރިއެރުންތަކެއް ލިބޭނެ ކަމަށް ބުންޏެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެއްބަސްވުމުގެ މައިގަނޑު މަޤުސަދަކީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ދިރިއުޅޭ ރައްޔިތުންނަށް ފެންވަރު ރަނގަޅު އަދި ރައްކާތެރި ބޭހުގެ ބާވަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށް ދިނުން ކަމަށް ބޭސް ކުންފުނިން ބުންޏެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ