ވާދަވެރި ކުޅުމަކަށްފަހު ދެވަނަ މެޗުވެސް ހަނިމާދޫ މޮޅުވެއްޖެ

ހަނިމާދޫ ކުޅިވަރު ފަހުގެ

މަންތާ އެއާ މުރައިދޫ ވެޓަރަންސް އިންވިޓޭޝަނަލް ވޮލީބޯޅަ މުބާރާތުގައި ހަނިމާދޫ އާއި ފިނޭ ބައްދަލުކުރިމެޗް ހަނިމާދޫ ކާމިޔާބުކޮށްފިއެވެ.

މިމެޗް ހަނިމާދޫއިން ކާމިޔާބުކުރީ ވަރަށް ވާދަވެރި ކުޅުމަކަށްފަހުއެވެ. އެއީ 3-2 ގެ ނަތީޖާއިންނެވެ. މެޗްގެ ފުރަތަމަ ސެޓް 21-25 ހުން ހަނިމާދޫ ގެންގޮސްފައިވަނިކޮށް ދެވަނަ ސެޓް ފިނޭއިން ވަނީ 25-17 އިން ގެންގޮސްފައެވެ. އަދި ތިންވަނަ ސެޓް ފިނޭއިން ވަނީ 18-25 ގެންގޮސްފައެވެ.
ނަމަވެސް ހަތަރުވަނަ ސެޓް 19-25 ގެ ނަތީޖާއިން ހަނިމާދޫ ގެންދިޔައިރު، ފަހުސެޓް އެޓީމް ގެންގޮސްފައިވަނީ، 13-15 އިންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިމެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ހަނިމާދޫ ޓީމްގެ ޝުއައިބު އަހުމަދު ލަތީފެވެ. ހަނިމާދޫން އެންމެ ފަހުން ކުޅުނު މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދީ އޭނާއެވެ.

މުބާރާތުގައި ދެން ހަނިމާދޫ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ. މިމެޗު ކުޅެނީ 10 ވަނަދުވަހު 20:30 ގައެވެ.

މި މުބާރާތުގެ ޗެމްޕިއަންޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށް ހަމަޖެހިފައިވާއިރު، ރަނަރަޕް ޓީމަށް ކަނޑައަޅާފައިވަނީ 5000 ރުފިޔާގެ ފައިސާގެ އިނާމެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ