ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން އައްޑޫ ސިޓީ ހިތަދޫ މީހަކު ފުލުހަށް ހާޒިޒުވާން އަންގައި އެކަން އިއުލާންކޮށްފި އެވެ.
ހާޒިރުވާން އެންގީ އެ އަވަށު ކަށިސުތުލިގޭ މުޙައްމަދު ޢިމާދު، 46، އެވެ.
އޭނަ ހޯދަން ފުލުހަށް ހާޒިރު ވާން އަންގައި އިއުލާންކުރފީ ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށް ފުލުހުން ބުންޏެވެ.
އެހެންވެ މި މަހުގެ 17 ވަނަ ދުވަހުގެ ހެނދުނު 10:00 އާއި މެންދުރު 12:00 އާ ދެމެދު މާލޭގެ ސާޖަންޓު އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން އަށް އިމާދު ހާޒިރުވާން އަންގާފައިވެ އެވެ.


