ހަމަޖެހުމުގެ ނޭވާއެއް ލެވޭނީ ރައީސަށް ދެވަނަ ދައުރެއް ދީގެން – އަބްދުއްރަހީމް

ފަހުގެ ސިޔާސީ

ގައުމަށް ހަމަޖެހުމުގެ ނޭވާއެއް ލެވޭނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދެވަނަ ދައުރެއް ދީގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އެމްއެމްޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން އަބްދުއްރަހީމް ވިދާޅުވީ ގައުމު ހަމަޖެހުމުގެ ނޭވާއެއް ލާންޖެހޭ ކަމަށާއި އެ ނޭވާލުމަށްޓަކާ އޮތް ހަމައެކަނި ފުރުސަތަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް މުއިއްޒަށް ކާމިޔާބުކޮށްދިނުން ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެކަމުގައި ރައްޔިތުން ދެ ވިސްނުމެއް ނުގެންގުޅުމަށާއި ދިވެހިވަންތަ ސިފަތަކާއި ބީރަށްޓެހި ބައެއްގެ އަތްމައްޗަށް ވެރިކަން ހިނގައްޖެނަމަ ރައްޔިތުން އުފުލަންޖެހޭ ތަކުލީފު މާބޮޑުވާނެ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

“ގައުމަށް އޮތް ނުރައްކާ އެހާ ބޮޑޭ. އެހެންވީމަ އެ ކަންކަމާ ދޭތެރޭގައި ވިސްނާވަޑައިގަންނަވާށޭ، ޕީއެންސީގެ ހުރިހާ މެމްބަރުން އެކީ އެކައްޗަކަށް، އެއް އަޒުމެއްގައި އަތް ގުޅާލަންވީ ހަމަ މި ދެންނެވި މަގުސަދު ހާސިލުކުރަން،” އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީއެންސީގައި 77،000 އަށް ވުރެ ގިނަ މެމްބަރުން މިހާރު އެބަތިބި ކަމަށާއި އަދި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއެކީގައި 2028 އަށް ދާއިރު ޕީއެންސީގެ މެމްބަރުންގެ އަދަދު ގާތްގަނޑަކަށް 100،000 އަށް އަރާނެ ކަމަށް އުއްމީދުކުރެވޭ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި އެކަން އެގޮތަށް ވެއްޖެނަމަ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރަން އެހާ އުނދަގޫ ކަމަކަށް ނުވާނެ ކަމަށާއި ރައްޔިތުން ހިނިތުންވާ ވަރުގެ ތަރައްގީގެ މަޝްރޫއުތައް މި ވެރިކަމުގައި ނިމިގެންދާ މަންޒަރު ފެންނަ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ