ގައްދޫ ބަލިކޮށް ނިއުއަށް ތާރީޙީ މޮޅެއް

ކުޅިވަރު ފަހުގެ

ދިވެހި ޕްރިމިއާ ލީގުގައި މިއަދު ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ގދ. ގައްދޫ ބައްދަލުކުރި ފޯރިގަދަ މެޗު 2-0 ގެ ނަތީޖާއަކުން ނިއުރޭޑިއަންޓް ކާމިޔާބުކޮށްފިއެވެ.

ގައްދޫގައި ކުޅުނު މި މެޗަކީ ދިވެހި ލީގުގެ ތާރީޚުގައި ވެސް މާލެއިން ބޭރުގައި ކުޅުނު ފުރަތަމަ މެޗެވެ. މި މެޗު އެންމެ ފުރަތަމަ ކުޅުމަށް ކުރިން ތާވަލުކުރެވިފައި އޮތީ އިއްޔެ ކަމަށް ވިޔަސް، މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން މެޗު މިއަދަށް ފަސްކުރަން ޖެހުނީއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ. އަދި އޭގެ ފަހުން ނިއުގެ ދެވަނަ ލަނޑު ވެސް ޖަހައިދީ، ޓީމަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ ޑޮރިއެލްޓަންއެވެ. މި މެޗުގައި ދެއްކި މޮޅު ކުޅުމާއެކު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ވެސް އޭނާއެވެ.

މި މުބާރާތުގައި ނިއުރޭޑިއަންޓް ކުޅޭ ދެވަނަ މެޗު އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރެއެވެ. އެ މެޗުގައި ނިއު ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއެވެ. އަދި ގައްދޫ ޓީމު ދެން ނިކުންނާނީ ހުކުރު ދުވަހު ހަވީރު އަމިއްލަ ދަނޑުގައި ކްލަބް އީގަލްސްއާ ދެކޮޅަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ