މަޝްރޫއުތަކަށް އެހީ ހޯދަން އަބޫދާބީ ފަންޑާ މަޝްވަރާކޮށްފި

ޚަބަރު ފަހުގެ

ރާއްޖޭގައި ކުރިއަށްގެންދިއުމަށް ރާވާފައިވާ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން، އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އާއެކު މަޝްވަރާތަކެއް ކޮށްފި އެވެ.

އެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު އަދި އޭޑީއެފްޑީގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ސައިފް އަލް ސުވައިދީ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ފިނޭންސް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި އެ ފަންޑާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކޮށް، އެކި ދާއިރާތަކުން އެއްބާރުލުން ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށެވެ.

ރާއްޖޭގެ ތަރައްޤީގެ އިސްތިރާޖީ އަމާޒުތަކަށް އެހީތެރިވުމުގެ ގޮތުން އަލަށް ފެށުމަށް ގަސްތުކުރާ މަޝްރޫޢުތަކަށް މާލީ އެހީތެރިކަން ހޯދުމާ ގުޅޭގޮތުންނާއި، ދެފަރާތުގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށް މިނިސްޓްރީން ބުނެ އެވެ.

މީގެއިތުރުން ރާއްޖޭގެ ތަރައްޤީއަށް އޭޑީއެފްޑީން މެދުނުކެނޑި ދެމުންގެންދާ އެހީތެރިކަމާއި ބާއްވަވާ ގާތް ގުޅުމަށްޓަކައި ދިވެހި ސަރުކާރުގެ ފަރާތުން އެ ފަންޑަށް ޝުކުރު އަދާކުރާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ