މިޑްޓާރމް އިންތިޚާބުގައި ގެއްލުންދޭން އީރާނުން އުޅެނީ ހަނގުރާމަ ދިގުދަންމަން: ޓްރަމްޕް

ޚަބަރު ފަހުގެ ދުނިޔެ

އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާނަ ނިމޭނީ ކޮން އިރަކުންތޯ ސުވާލު ކުރުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނީ “ވަރަށް އަވަހަށް” ނިމޭނޭ ކަމަށެވެ. ފަހަރުގައި އެމެރިކާގެ މިޑްޓާމް އިންތިޚާބު ނިމުމާއެކު އީރާނު ހަނގުރާމަވެސް ނިމުމަކަށް އަންނާނެ ކަމަށް ޓްރަމްޕް ބުނެފައި ވެއެވެ.

އެމެރިކާގެ ރައީސް ބުނީ، މިޑްޓާމް އިންތިޚާބު ކޮމްޕްލިކޭޓްކުރަން ހަނގުރާމަ ދިގުދަންމަން އީރާނުން މަސައްކަތްކުރާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އީރާނާ ދެކޮޅަށް މިއަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އުދުވާނީ ހަނގުރާމައެއް އިސްވެ ފެށީ އެމެރިކާއިންނެވެ. އެމެރިކާގެ ރައީސް ޓްރަމްޕެވެ. ހަނގުރާމަ ދިގުލައިގޮސް، އެމެރިކާއަށް ބޮޑެތި ގެއްލުންތައް ވާން ފެށުމުން ހަނގުރާމަ ހުއްޓަން ގޮވީވެސް އެމެރިކާގެ ރައީސެވެ. އީރާނާއެކު އެއްބަސްވުންތަކެއް ހެދުމަށްފަހު އެއްބަސްވުންތައް އުވާލައި އީރާނަށް އަލުން ހަމަލާތައް ދޭންފެށީވެސް ޓްރަމްޕެވެ.

އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިން ނުކުންނާނެގޮތެއް، ސަލާމަތްވާނެ މަގެއް ނުފެނިގެން އުޅެނީ އެމެރިކާގެ ރައީސްކަން މުޅި ދުނިޔެވެސް މިހާރު ދަނެއެވެ. އެމެރިކާގެ ރައީސް އަދިވެސް މަސައްކަތް ކުރަނީ އީރާނު އަމާންދޭނެ ގޮތެއް ވޭތޯއެވެ. އެއްބަސްވުމެއް ހަދައިގެން ނަމަވެސް، ލަދެއްގައި ނުބެދި ސަލާމަތްވާނެ ގޮތެއް ހޯދޭތޯއެވެ.

ހަނގުރާމަ ދިގުދަންމަނީ އީރާނަކުން ނޫނެވެ. ހަނގުރާމަ ދިގުދަންމަކީ އެމެރިކާގެ ރައީސެވެ. އީރާނުން ހުށަހަޅާފައިވާ ޝަރުތުތައް ގަބޫލުނުކޮށްގެން އުޅެނީ އެމެރިކާގެ ރައީސެވެ.

އީރާނުން ތަކުރާރުކޮށް ބުނަމުންދަނީ ހޮރްމޫޒު ކަނޑުއޮޅި މުޅިން ހުޅުވާލަން އީރާނުއޮތީ ތައްޔާރަށް ކަމަށެވެ. އެކަމަކު، އެކަން ކުރުމަށް އީރާނުން ޝަރުތުތަކެއް ކުރިމަތިކޮށްފައި ވެއެވެ. އެއީ، އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން އުދުވާނީ ހަމަލާތަކުގައި ލިބުނު ގެއްލުންތަކުގެ ބަދަލަށް 300 ބިލިއަން އެމެރިކާ ޑޮލަރު ދިނުމާއި، އެމެރިކާއިން ގަނޑުކޮށްފައިވާ އީރާނުގެ 100 ބިލިއަން ޑޮލަރު ދޫކުރުމާއި، އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި، އީރާނުގެ ބްލޮކޭޑް އުވާލުމާއި، ސަރަހައްދުގައި ތިބި އެމެރިކާގެ ހުރިހާ ސިފައިން އަނބުރާ ގެންދިއުމުގެ އިތުރުން، ލުބުނާނު، ޣައްޒާ އަދި ސަރަހައްދުގައި ހިންގާ ހުރިހާ ހަނގުރާމައެއް ހުއްޓުމަކަށް ގެނައުމެވެ.

އެމެރިކާގެ ރައީސަކަށް އީރާނުގެ ޝަތުރުތަކާ ކުރިމަތިލާކަށް ނުކެރެއެވެ. އެމެރިކާގެ ރައީސް އީރާނަށް ދޫދޭން ހިފާއިރަށް މުޖުރިމު ނަތަންޔާހޫ އެދެމެދަށްވަދެ ޓްރަމްޕަށް ބިރުދައްކައި އޭނާ ހުއްޓުވައެވެ.

އީރާނުގެ ރައީސް ޑރ. މަސްއޫދު ޕެޒެޝްކިއާން ވިދާޅުވީ، އެމެރިކާގެ ރައީސް ޓްރަމްޕް ދައްކާ ވާހަކައެއް ގަބޫލުކުރާނެ އެއްވެސް ހަމައެއް ނުފެންނަ ކަމަށެވެ. އެއްދުވަހު އީރާނު ފުނޑާލާނޭ ކަމަށް ބުނުމަށްފަހު އަނެއްދުވަހު އޭނާއަކީ އީރާނުގެ ރަހްމަތްތެރިއެއް ކަމަށް ޓްރަމްޕް ބުނާ ކަމަށާއި، ކޮންމެ ދުވަހަކުވެސް އެފަދަ ކޮންމެވެސް އެއްޗެއް ޓްރަމްޕް ކިޔާ ކަމަށް އީރާނުގެ ރައީސް ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ