ޚިދުމަތަށް 27 އަހަރު: ހަނިމާދޫ ސިއްހީ މަރުކަޒުގައި އަލްޓްރާ ސައުންޑު ސްކޭންގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

ހަނިމާދޫ ފަހުގެ

ހދ. ހަނިމާދޫ ސިއްހީ މަރުކަޒުގެ ޚިދުމަތަށް 27 އަހަރު ފުރުނު މުނާސަބަތާ ގުޅުވައިގެން، އެ މަރުކަޒުގައި އަލްޓްރާ ސައުންޑު ސްކޭންގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.

ހަނިމާދޫ ސިއްހީ މަރުކަޒުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ހަނިމާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ރައީސާ އަލްފާޟިލާ ޢާއިޝަތު ޢީސާ އާއި، އެ މަރުކަޒުގައި ފޫޅުމާއެއްގެ ގޮތުގައި ދިގު މުއްދަތަކަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވުމަށްފަހު ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވާފައިވާ އަލްފާޟިލާ މަރިޔަމް މޫސާ (މަރިއަމްދައިތަ) އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި ޚިދުމަތް ފެށުމާ ގުޅިގެން ހަނިމާދޫ ސިއްހީ މަރުކަޒުން ބުނީ، މިއަދު މި ފެށުނު އަލްޓްރާ ސައުންޑު ސްކޭންގެ ޚިދުމަތުގެ ސަބަބުން ހަނިމާދޫގެ ރައްޔިތުންގެ އިތުރުން ކައިރި ރަށްރަށުން އެ މަރުކަޒަށް ޚިދުމަތް ހޯދުމަށް އަންނަ އެންމެހާ ފަރާތްތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

ހަނިމާދޫ ސިއްހީ މަރުކަޒުގައި އަލަށް ފެށުނު މި ޚިދުމަތަކީ އެ ސަރަޙައްދުގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމަށާއި، ރަށުން ބޭރަށް ނުގޮސް ފަސޭހަކަމާއެކު ސްކޭންގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ