ނަތަންޔާހޫއާ ބައްދަލުކުރަން އެތައް ލީޑަރުން އެދިފައިވޭ، “ޝެޑިއުލް ބިޒީކަމުން” ބައްދަލުނުކުރާނެ: ބޮޑުވަޒީރުގެ އޮފީސް

ޚަބަރު ފަހުގެ ދުނިޔެ

އދގެ އާންމު މަޖިލީހުގެ ޖަލްސާގައި ތަގުރީރު ކުރުމަށް އިސްތިއުމާރީ ދައުލަތުގެ މުޖުރިމު ބޮޑުވަޒީރު ނަތަންޔާހޫ ނިއުޔޯކަށް ކުރާ ދަތުރުގައި އޭނާއާ ބައްދަލުކުރަން ދުނިޔޭގެ އެތައް ލީޑަރުން އެދިފައިވާ ކަމަށާއި، ނަމަވެސް “ޝެޑިއުލް ބިޒީކަމުން” ބައްދަލު ނުކުރާނޭ ކަމަށް ނަތަންޔާހޫގެ އޮފީހުން ބުނެފިއެވެ.

ނަތަންޔާހޫގެ އޮފީހުން ބުނެފައިވަނީ، “ޝެޑިއުލް ބިޒީކަމުންނާއި” އަދި ޔަހޫދީންގެ ބަންދަކާ ދިމާވާތީއާއި، ދަތުރު ކުރުކުރަން ނިންމާފައިވާތީ ގިނަ ލީޑަރުންނާ ނަތަންޔާހޫ ބައްދަލު ނުކުރާނޭ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ނަތަންޔާހޫގެ އޮފީހުން އާންމުކޮށްފައިވާ ލިސްޓަށް ބަލާއިރު، އާޖެންޓީނާގެ ޒައިނިސްޓް ރައީސް، ބޮލީވިއާގެ ރައީސް، ޕެރެގުއޭގެ ރައީސް، ޕެނަމާގެ ރައީސް، އިތިއޮޕިއާގެ ރައީސް، ކޮލަމްބިއާގެ ނައިބް ރައީސް، ގްރީސް، ސްލޮވީނިއާ އަދި ޕަޕުއާ ނިއު ގިނީގެ ބޮޑުވަޒީރުންނާ ބައްދަލުކުރަން ހަމަޖެހިފައި ވެއެވެ. މިއީ، ދުނިޔޭގައި އިސްރާއީލަށް އެންމެބޮޑަށް ވާގިވެރިވާ، ކޮންމެ ކަމެއްގައި އިސްރާއީލުގެ ކޮޅުގައި ތިބޭ ގައުމުތަކެވެ.

ނަތަންޔާހޫގެ ދަތުރުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލު ކުރާނެކަމެއް ނުވަތަ ނޫންކަމެއް ސާފެއް ނުވެއެވެ. އެކަމާ ގުޅޭގޮތުން ވައިޓް ހައުސްއިންވެސް އެއްޗެއް ނުބުނެއެވެ.

ދުނިޔޭގެ އެހެން އެއްވެސް ގައުމެއްގެ ލީޑަރަކު ނަތަންޔާހޫއާ ބައްދަލުކުރަން އެދުނުކަމެއް އެއްވެސް ގައުމަކުން ހާމަކޮށްފައެއް ނުވެއެވެ.

އދގެ މެމްބަރު 193 ގައުމު ހިމެނޭއިރު، އޭގެ ތެރެއިން 130 ގައުމުގެ އެންމެ އިސްވެރިން މިވަގުތު ނިއުޔޯކްގައި ވަޑައިގެން ތިއްބެވިއިރު، އދގެ އާންމު މަޖިލީހުގައި މިހާތަނަށް ތަގުރީރު ކުރެއްވި ވެރިންގެ ތެރެއިން ދެބޭފުޅަކު ފިޔަވައި އެހެން ހުރިހާ ވެރިންވަނީ އިސްރާއީލުން ޣައްޒާއާއި އަދި ސަރަހައްދުގައި ހިންގަމުންގެންދާ ޖަރީމާތައް ކުށްވެރި ކުރައްވާފައެވެ.

އާންމު މަޖިލީހުގައި އިސްރާއީލުގެ ގަޑިން މިރޭ 9 ޖަހާއިރު ނަތަންޔާހޫ ތަގްރީރު ކުރާއިރު، ކުރިން ފަހަރުތަކެކޭ އެއްގޮތަށް ގައުމުތަކުގެ ވަފުދުތައް ބައިބަޔަށް ހޯލުން ނުކުންނާނެ ކަމަށް ބެލެވިފައި ވެއެވެ.

ޣައްޒާގެ ނަސްލުނައްތާލުމަށް މަސައްކަތް ކުރުމާއި، އާންމުން ބަނޑަށްމަރާތީއާއި، ހަނގުރާމައިގެ ޖަރީމާތައް ހިންގާތީ ޝަރީއަތް ކުރުމަށް ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރެއް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން ނެރެފައިވާއިރުވެސް، އޭނާއަށް ހިމާޔަތް ދީގެން އެމެރިކާއަށް ގެންދަނީ އެމެރިކާގެ ރައީސެވެ. ދުނިޔޭގެ ޖިނާއީ ކޯޓުން ހައްޔަރުކުރުމުގެ އަމުރު  ނެރެފައިވާ މުޖުރިމަކު އދގެ މައި މަރުކަޒަށް ގެނެސް ތަގްރީރު ކުރުމުގެ ފުރުސަތު ލިބެނީ އދގެ ނިޒާމުތަކުގެ ދޯހަޅިކަމުންނެވެ. އދގެ އާރެއް ބާރެއް ނެތުމުންނެވެ.

ނަތަންޔާހޫ ދަތުރުކުރާ މަތިންދާ ބޯޓު ޖެއްސުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ ނިއު ޖާރޒީގައެވެ. އެ ބޯޓު ނިއުޔޯކަށް ނުޖައްސަނީ، ބޯޓުގެ ދަތުރަށް ނިއުޔޯކް ސިޓީގެ މޭޔަރު ޒުހްރާން މަމްދާނީ ހުރަސް އަޅުއްވަފާނެތީ ކަމަށް ވެއެވެ.

ޓްރަމްޕްގެ ހިމާޔަތުގައި ނަތަންޔާހޫ ނިއުޔޯކަށް ކުރާ ދަތުރުގެ ގިނަ ޕްރޮގްރާމްތައް ކެންސަލްކޮށް ދަތުރު ކުރުކޮށް އަވަހަށް އެނބުރި ދާން ނިންމީވެސް މަމްދާނީ ދެކެ ބިރުން ކަމަށް ވެއެވެ. ނަމަވެސް، ނަތަންޔާހޫގެ ސެކިއުރިޓީ އޮފިޝަލުންވަނީ އެކަން ދޮގުކޮށްފައެވެ.

ނަތަންޔާހޫގެ ތަގްރީރު އަޑުއަހާ ބަޔަކަށް މިފަހަރު އިވެގެންދާނެ މައިގަނޑު ނުކުތާތައް މީޑިއާއިން ހާމަކޮށްފައި ވެއެވެ. އެއީ، ނިއުޔޯކް ސިޓީގެ މޭޔަރަށް ބަހުގެ ހަމަލާތައް ދިނުމާއި، އީރާނަށް އިންޒާރު ދިނުމާއި، އޮކްޓޫބަރުމަހު ބާއްވާ އިސްރާއީލުގެ އާންމު އިންތިޚާބަށް ކެމްޕެއިން ކުރުން ކަމަށް ބުނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ