އެމެރިކާގެ މަނަވަރުތައް ޕާޝިއަން ގަލްފަށް ވަނުން ދާއިމަށް މަނާވީ. ވަންނަން އުޅެފިނަމަ އޮތީ “ކަށްވަޅު”

ޚަބަރު ފަހުގެ ދުނިޔެ

ޕާޝިއަން ގަލްފް  ކަނޑުގެ ސަރަހައްދަށް އެމެރިކާގެ އަސްކަރީ އެއްވެސް މަނަވަރަކަށް ދެން ދުވަހަކުވެސް ނުވަދެވޭނޭ ކަމަށް އީރާނު އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް އަދި އީރާނު ސެންޓްރަލް ކޮމާންޑް، ޚާތަމަލް އަމްބިޔާގެ ކޮމާންޑަރ މޭޖަރ ޖެނެރަލް އަލީ އަބްދުﷲހި ވިދާޅުވެއްޖެއެވެ.

އީރާނުގެ ދައުލަތުގެ ޓީވީއަށް ދެއްވި އިންޓަރވިއުއެއްގައި ޗީފް އޮފް ސްޓާފް ވިދާޅުވީ، އެމެރިކާގެ މަނަވަރުތައް ޕާޝިއަން ގަލްފަށް ވަނުން ދާއިމަށް މަނާވީ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އޭނާ ވިދާޅުވީ، އެމެރިކާގެ އަސްކަރިއްޔާ އަލުން ޕާޝިއަން ގަލްފަށް ވަންނަތަން ފެނުމަށް ޓްރަމްޕްގެ ދެން ދެކެންޖެހޭނީ ހުވަފެން ކަމަށެވެ. ޓްރަމްޕް ދެކޭ ހުވަފެން ހިފައިގެން އެމެރިކާ ސިފައިން ދާންޖެހޭނީ “ކަށްވަޅަށް” ކަމަށްވެސް ވިދާޅުވިއެވެ.

އީރާނު އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް މޭޖަރ ޖެނެރަލް އަލީ އަބްދުﷲހި ވިދާޅުވީ، އީރާނު ސިފައިން ވަނީ ގަލްފް ކައިރީގައި ހަރަކާތްތެރިވަމުންދިޔަ އެމެރިކާގެ ކަނޑުގެ ސިފައިން ބަލިކަށިކޮށް، ބާރު ކަނޑުވާލައި، ގަލްފް ކަނޑުގެ ސަރަހައްދަށް ވަނުމަށްވެސް ހުރަސްއަޅާފައި ކަމަށެވެ.

ސަރަހައްދަށާއި، ދުނިޔެއަށް ނުރައްކާކުރަމުންދިޔަ އެމެރިކާގެ ކަނޑުގެ ސިފައިންގެ ލަޝްކަރާ ދެކޮޅަށް އީރާނު ކަނޑުގެ ސިފައިން ކުރި މަސައްކަތްތަކުގެ ސަބަބުން ޕާޝިއަން ގަލްފާ ގުޅިފައިވާ ކަނޑުތަކާއި އަދި އީރާނުގެ ސަރަހައްދީ ކަނޑުތަކާ ގާތްވުމުގެ ގާބިލްކަން އެމީހުންގެ ކިބައިގައި މިހާރު ނެތްކަމަށްވެސް ވިދާޅުވިއެވެ.

އީރާނު އަސްކަރިއްޔާގެ ގާބިލްކަން ނައްތާލާފައިވާ ކަމަށް އެމެރިކާއިން ކުރާ ދައުވާތަކަށް ގޮންޖައްސަވައި މޭޖަރ ޖެނެރަލް އަލީ އަބްދުﷲހި ވަނީ، އެމެރިކާގެ އަސްކަރީ އެއްވެސް އުޅަނދެއް ހޮރްމޫޒާ ގާތަށް ނާންނަނީ ކީއްވެގެންތޯ ސުވާލު ކުރައްވާފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެވެސް ބުނީ ހޮރްމޫޒު ކަނޑުއޮޅި ވަނީ މުޅިން ހުޅުވާލެވިފައި ކަމަށާއި، ބަރާބަރަށް ތެޔޮ ބޭރުކުރަމުންދާ ކަމަށެވެ.

އެމެރިކާ ސިފައިން ހަމަލާދީ އީރާނުގެ ނިއުކްލިއަރ ސައިޓްތަކާއި، އަސްކަރިއްޔާގެ ހުރިހާ އެއްޗެއް ނައްތާލައިފި ކަމަށް ބުނެ ޑޮނަލްޑް ޓްރަމްޕް ތަކުރާރުކޮށް ވާހަކަ ދައްކާއިރު، އެ ދައުވާތައް އިރުއިރުކޮޅާ ތަކުރާރު ކުރުމުގެ މާނައަކީ ކޮބައިތޯވެސް އޭނާ ސުވާލު ކުރައްވާފައި ވެއެވެ.

އީރާނުގެ އަސްކަރީ ގާބިލްކަން މުޅިން ނައްތާލެވިފައިވާ ކަމަށް ބުނެ ޓްރަމްޕް ދައްކާ ވާހަކަތަކަކީ ރޯބުހުތާނު ދޮގު ކަމަށް މޭޖަރ ޖެނެރަލް އަލީ އަބްދުﷲހި ވިދާޅުވިއެވެ.

މޭޖަރ ޖެނެރަލް އަލީ އަބްދުﷲހި ވިދާޅުވީ، ހަނގުރާމަ ދިގުލައިގެންދާ ވަރަކަށް އެމެރިކާއާއި އިސްރާއީލު އިތުރަށް ދާނީ ކޯޅުންތަކުގެ ތެރެއަށް ގެނބެމުން ކަމަށާއި، ގެއްލުންތައް ލިބެމުންދާނީވެސް އެމެރިކާއާއި އިސްރާއީލަށް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ