މައިލޯ އެކެޑަމީ ޗެމްޕިއަންޝިޕް 2026 ކާމިޔާބުކަމާއެކު ނިންމާލައި

ކުޅިވަރު ފަހުގެ

ސޮކަރ ވެޓަރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކުރި މި މުބާރާތުގެ ދެ އުމުރުފުރާއިން ޗެމްޕިއަންކަން ހޯދި ދެ ޓީމަށް ވެސް ވަނީ 10،000 ރުފިޔާގެ ފައިސާގެ އިނާމާއި، ޓްރޮފީ އަދި މެޑަލް ޙަވާލުކޮށްފައެވެ.

މި މުބާރާތުގެ 10 އަހަރުން ދަށުގެ ޗެމްޕިއަންކަން މޯލްޑިވްސް ސޮކާ މޭޓްސް އަދި 12 އަހަރުން ދަށުގެ ޗެމްޕިއަންކަން އެޑްވެންޗާ ފުޓްބޯލް އެކެޑަމީން އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި މުބާރާތުގެ 10 އަހަރުން ދަށުގެ އުމުރުފުރާގެ ރަނަރއަޕް މަޤާމު ދިއްދޫ ސްޕޯޓްސް އެކެޑަމީން ހޯދިއިރު، 12 އަހަރުން ދަށުގެ ބައިން ރަނަރއަޕްކަން ހޯދާފައިވަނީ އެންއެފްއެން ފުޓްބޯލް އެކެޑަމީއެވެ. މި ދެ ޓީމަށް ވެސް ވަނީ 7،000 ރުފިޔާގެ ފައިސާގެ އިނާމާއި، ޓްރޮފީ އަދި މެޑަލް ޙަވާލުކޮށްފައެވެ. މީގެއިތުރުން، މުބާރާތުގައި ބައިވެރިވި ހުރިހާ ކުޅުންތެރިންގެ އަގުވަޒަންކުރުމުގެ ގޮތުން ޕާޓިސިޕޭޝަން މެޑަލް ދީފައިވެއެވެ.

މި މަހުގެ 11 އިން 13 އަށް ހދ. ހަނިމާދޫގައި ކުރިއަށްދިޔަ ‘މައިލޯ އެކަޑަމީ ޗެމްޕިއަންޝިޕް 2026’ ގައި ބޮޑުތިލަދުންމަތީގެ ތިން އަތޮޅާއި މާލެ ހިމެނޭހެން، 15 އެކަޑަމީއަކުން ޖުމްލަ 28 ޓީމު ވާދަކުރިއެވެ.

ސޮކަރ ވެޓަރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ހާމަކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތް އަހަރުވެސް މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ހަނިމާދޫ އެވެ.

ސޮކަރ ވެޓަރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ހާމަކުރި ގޮތުގައި މިއީ ޅަފަތުގައި ކުދިންގެ ހިތްތަކުގައި ފުޓްބޯޅައަށް އޮތް ލޯބި އާލާކޮށް، އެކުދިންގެ ހުނަރު އާންމުންނަށް ދައްކާލުމުގެ ފުރުސަތު ހޯދައިދިނުމުގެ މަޤްޞަދުގައި ކުރިއަށް ގެންދިޔަ މުބާރާތެކެވެ. އަދި އެކުދިން ބޮޑުވެގެން ކުޅިވަރުގެ ތެރެއަށް ނުކުންނައިރު މުބާރާތްތައް ކުރިއަށްދާނެ ގޮތް ތަޖުރިބާކޮށްލުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީ ވެސް މި މުބާރާތުގެ މުހިންމު އަމާޒެއް ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.

 

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ