މަތިވެރިއަށް އަރައި ފޭބުން މަނާކޮށްފި

ޚަބަރު ފަހުގެ

އއ. މަތިވެރި މޮނީޓަރިންގެ ހާލަތަށް ގެނެސް، އެރަށަށް އަރައި ފޭބުން މަނާކޮށްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެރަށް މޮނީޓަރިންގެ ހާލަތަށް ލާފައިވާކަން އަންގާ ލިޔުމުގައި ސަބަބެއް ކަމަށް ބުނެފައިވަނީ، ކޮވިޑާ ގުޅިގެން ސިއްހީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެގޮތުން އެ ރަށް މޮނީޓަރިންގެ ހާލަތަށް ލުމުން ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކަށް އެޗްޕީއޭން ވަކިގޮތެއް އަންގަންދެން ރަށު ފޭބުމާއި ރަށަށް އެރުން މަނާވާނެ އެވެ.

މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ވެސް މަތިވެރި ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފަ އެވެ. އެފަހަރު އެރަށް މޮނީޓަރިންގެ ހާލަތަށް ގެނައީ ދެ ބިދޭސީއެއްގެ ފަރާތުން ކޮވިޑުގެ އަލާމާތްތައް ފެނިގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ