ހަނިމާދޫގެ މަގުހެދުން..

ހަނިމާދޫ އިޖުތިމާޢީ ފަހުގެ ސިޔާސީ

ޤައުމުގައި އޮންނާނީ ދެފަޅިއެވެ. އެއްފަޅިއަކީ ސަރުކާރު ފަޅިއެވެ. އަނެއްފަޅިއަކީ ސަރުކާރާއި އިދިކޮޅުފަޅިއެވެ. އެ ދޭތެރޭގެ މެދެއް ނޯންނާނެއެވެ.

އެ އިރެއްގައި އޮންނަ ސަރުކާރަކުން ކުރާ ކޮންމެ ކަމަކީ، އެކަމަކީ އަދި އެންމެ ރަނގަޅު ކަމެއް ނޫންކަމުގައި ވިޔަސް، އަދި އެކަން ހަމައެދަނީ އެންމެ ރަނގަޅަށް ނޫންކަން އެނގިތިބެމެ، އެކަން އެ އޮތީ ހަމަ އެންމެ ރަނގަޅަށޭ ބުނެ ބަހަނާވެސް ދައްކާނެއެވެ. މިއީ ސަރުކާރަށް ތާއީދުކުރާ މީހުންގެ ގޮތެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ދެންއޮތީ އިދިކޮޅެވެ. އެއިރެއްގައި އޮންނަ ސަރުކާރަކުން ރައްޔިތުންނަށް ފައިދާހުރި ކަމެއް ކުރަމުން ގެނދިޔަކަމުގައި ވީ ނަމަވެސް އެ ކަމަކީ ފައިދާހުރި ކަމެއްކަމުގައި ޤަބޫލެއް ނުކުރާނެއެވެ. އަދި އެ ކަމަކީ ރައްޔިތުންނަށް އެއްވެސް މަންފާއެއް ނެތް ގެއްލުން ހުރި ކަމެއްކަމުގައި ދައްކަން ވަކާލާތުކޮށް ބަހުސްކޮށް ވެސް ހަދާނެއެވެ. ޤަބޫލުކުރަން ބޭނުން ނުވިޔަސް މިއީވެސް ކަން ހިނގަމުންދާ ގޮތެވެ.

ސަރުކާރުތަކުން ރަށުގައި ހިންގާ ޕްރޮޖެކްޓުތަކާއި ގުޅޭގޮތުން ވާހަކަ ދައްކައި އެކަމަށް ބިނާކުރުވަނިވި ފާޑެއް ކިޔުމަކީ އެންމެ ފައިދާބޮޑުގޮތް ކަމުގައި ދެކެމެވެ. ގޯސްކަމެއް ހުރިއްޔާ ރަނގަޅުކުރަން މަސައްކަތް ކުރުމަކީ އޮތްކަމެކެވެ.

ހަނިމާދޫގެ މަގުތަށް ހަދަމުންދާއިރު އެކަމާއި ގުޅިގެން އަޅުގަނޑު ހިތައް އަންނަ ބައެއް ވާހަކަތަށް ހިއްސާކޮށްލުން އެއީ މައްސަލައެއް ކަމުގައި ނުދެކެމެވެ. ހަނިމާދޫގެ މަގުތައް ތާރުއަޅައިގެން ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް އަމަލީގޮތުން ފެށީ ރައީސް އަބްދުﷲ ޔާމީނުގެ ޒައާމަތުގައެވެ. ވެރިކަން ބަދަލުވީ ނަމަވެސް ހަމަ ޕޮރޮޖެކްޓް ދަނީ ކުރިއަށެވެ. ހުއްޓުމެއް ނާދެއެވެ.

މަގުތައް ހެދުމަށް ޕްލޭން ކުރެވިފައި އޮތީ ރަށުގައި ހުރި ސަރުކާރުގެ ގިނަ މުއައްސަސާތަށް ތާރުމަގުތަކުން ދަތުރު ކުރެވޭނޭފަދަ ގޮތަކަށެވެ. ތާރުއަޅަން ނިންމާފައިވާ މަގުތަކުގެ ތެރޭގައި ރަށުގެ ބައެއް ބޮޑެތި މަގުތަކުގެ އިތުރުން ކުދި ހިމަ ގޯޅިތައްވެސް ހިމެނެއެވެ.

ރަށުގެ ފުޅާ ބޮޑެތި މަގުތަކުގައި ދެފަރާތުގައި ތާރުއަޅާ ލެވެލްއަށް ވުރެ މައްޗަށް އުފުލާއިގެން ހިނގުމަށް ދުވާރު ހެދުން އެއީ ހަމަ އެންމެ ރަނގަޅު ކަމެކެވެ. ނަމަވެސް އެފަދަ މަގުތަކުގައި ވެސް ބޭނުން ނެތްވަރަށް ދުވާރު ފުޅާކުރުމަކީ ބޭކާރުކަމެކެވެ. ސަބަބަކީ މަގަށް ލިބޭ ޖާގަ ކުޑަވުމެވެ.

ކިތަންމެ ހިމަހިމަ ގޯޅިއެއްގައި ވެސް ދެފަރާތުން މަގަށްވުރެ މައްޗަށް އުފުލައިގެން ދުވާރެއް ހަދަން ޖެހޭބާއެވެ؟ މިއީ އަޅުގަނޑުގެ ހިތުގައި ވަރަށް ބޮޑަށް އުފެދުނު އެއް ސުވާލެވެ. ފަނަރަ ފޫޓުވަރުގެ ނުވަތަ އެއަށްވުރެ ވެސް ހިމަ ގޯޅިގަނޑެއްގައި ދެފަރާތުގައި މަގަށްވުރެ އުސްކޮށް، ދުވާރެއްގެ މަގުސަދު ވެސް ހާސިލުނުވާވަރު ދުވާރެއް ހެދުމަކީ މަގަށް ލިބޭ ޖާގަ ވަރަށްބޮޑަށް ކުޑަވެގެންދާ ކަމެކެވެ.

ކޮންމެ މަގެއްގައި ދުވާރެއް ލުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ޖާގަކުޑަ ހިމަ ގޯޅުތަކުގައި މަގާ އެއް ހަމައަކަށް ދުވާރު ބެހެއްޓުމުން ދުވާރުވެސް ހެދުނީއެވެ. އަދި މަގަކަށް ވެސް ކުޑައެއް ނުވާނެއެވެ. ދުވާރެއް ވިއްޔާ ކޮންމެ ހެން މަގަށްވުރެ ފޫޓެއް މައްޗަށް އުފުލެންޖެހޭނެ ހެއްޔެވެ.

ޑިވައިޑާގެ މައްސަލައަށް ވެސް އެއްޗެއް ބުނެލުމަކީ އެންމެ ރަނގަޅުކަމެއް ކަމުގައި ދެކެމެވެ. ރަށުގެ ބޮޑެތި މަގުތަކުގެ މެދުގައި އެއް މީޓަރު ފުޅާ ރޯޑު ޑިވައިޑާ ޖެހުމަކީ ހަމަ އެންމެ ރަނގަޅު ވިސްނުން ބާއެވެ. ބޮޑެތި މަގުތައް ކަމުގައި ނަން ކުރެވުނަސް މި ދެއްކެނީ ނިސްބަތުން ކުދި މަގުތަކެއްގެ ވާހަކައެވެ. މިފަދަ މަގުތަކެއްގައި މީޓަރެއްހާ ފުޅާ ޑިވައިޑާއެއް ޖަހައިގެން މަގަށްލިބޭ ޖާގަ ކުޑަކުރުމަކީ ކިހާ ބޭކާރު ކަމެއް ހެއްޔެވެ. ޑިވައިޑާއެއް ކޮންމެހެން ޖަހަން ބޭނުންނަމަ ފޫޓެއްވަރު ފުޅާކޮސް ވެސް އެ ޖަހާފައި ބެހެއްޓިދާނެ ނޫން ތޯއެވެ.

މަގަށް ލިބޭ ޖާގަތަނަވަސް ކުރެވެން އޮތްހައި ގޮތަކަށް ބަލަންޖެހެނީ މަގު ބޭނުން ކުރެވެނީ ހަމަ އެކަނި ދުއްވާ އެއްޗެހި ދުއްވާ އަދި ހިނގާ މީހުން ހިނގާކަށް އެކަނި ނޫން ކަމަށްވާތީއެވެ. ދުއްވަން ބޭނުންކުރާ ހުރިހައި އުޅަނދެއް ވެސް ޕާކުކުރަން ޖެހޭނީ ހަމަ އެ މަގުތަކުގެ އަރިމަތީގައެވެ. ކޮންމެ ގެއެއްގެ ކުރިމަތީގައި ޕާކިން ޒޯނެއް ނޯވެއެވެ. ވުމާއިއެކު މަގުގެ އަރިމަތީގައި ސައިކަލެއް ނުވަތަ ކާރެއް ޕާކުކޮށްލާއިރަށް މަގުބެދެން ވެއްޖެނަމަ މަގު ބޭނުން ކުރާ މީހުންނަށް ކިހާބޮޑު ތަކުލީފެއް ހެއްޔެވެ.

ބައެއް ގެ ތައް މަގަށްވުރެ އެތައް ފޫޓެއް އުހެވެ. އަނެއްބައި ގެތައް މަގަށްވުރެ އެތައް ފޫޓެއް އަޑިއެވެ. އަޅުގަނޑުވެސް ޤަބޫލުކުރާ ގޮތުގައި މަގު ހެދުމުގައި މަގުގެ ފެން ހިންދުމަށް ހެދިފައިވާ ފެނުގެ ނިޒާމް ވަކި ގޮތަކަށް ތައްޔާރުކުރާއިރު މިކަހަލަ ކަމެއް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ބައެއް ގެތައް މިހާއުސްވެފައި އަނެއްބައި ގެތައް މިހައު އަޑިވެފައި ހުރުމުން މަގުގެ ކާނުތަކާއި ފެންހިދުމުގެ ނިޒާމު ފަރުމާ ކުރުމުގައި ދިރާސާ ކުރެވިފައިވާ މިންވަރާމެދު ސުވާލު އުފެދެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ