ލިވަޕޫލް އަތުން އެވަޓަންއަށް ތާރީހީ މޮޅެއް

ކުޅިވަރު ފަހުގެ

އިނގިރޭސި ޕްރިމިއަރ ލީގުގައި 98 އަހަރަށްފަހު އެންމެފަހުގެ ލީގު ޗެމްޕިއަން ލިވަޕޫލްގެ އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކޮށް ވާދަވެރި އެވަޓަން އިން ތާރީހުގެ ތެރެއިން ޖާގަ ހޯދައިފިއެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗު އެވަޓަން ކާމިޔާބުކޮށްފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ. ލިވަޕޫލްގެ ދަނޑުގައި އެވަޓަން އެންމެފަހުން މޮޅުވެފައިވަނީ 1923 ގައެވެ. މިއީ ލީގުގައި ނެރެމުންދާ ދަށް ނަތީޖާތަކާއެކު ލިވަޕޫލުގެ ނާކާމިޔާބީގެ ސިލްސިލާއަށް އިތުރުވި ބޮޅެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި މެޗުގައި އެވަޓަންގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ މެޗު ފަށައިގެން ލިވަޕޫލަށް ރަނގަޅަށް ކުޅުމުގެ ތެރެއަށް ނުވަދެވި އުޅެނިކޮށެވެ. ލިވަޕޫލްގެ ޑިފެންސްލައިން ތެރެއިން އެވަޓަންގެ ހަމޭސް ރޮޑްރިގޭޒް ފޮނުވާލި ބޯޅައަކުން މި ލަނޑު މެޗުގެ ތިންވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރިޗާލިސަން އެވެ.

ލަނޑު ޖެހުމަށްފަހު އެވަޓަން ކުޅުންތެރިން އުފާފާލުކުރަނީ
އެވަޓަންގެ ދެވަނަ ލަނޑަކީ މެޗުގެ 83 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. މިއީ އޭރިއާ ތެރެއިން ލިވަޕޫލްގެ އެލެކްސެންޑަރ އާނޯލްޑް އެވަޓަންގެ ކެލްވާޓް ލެވިން އަށް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ދިން ޕެނަލްޓީއެކެވެ. ވީއޭއާރު ބެލުމަށްފަހު ދިން މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ސިގާޑްސަން އެވެ.

މި މޮޅާއެކު އެވަޓަން ވަނީ ލިވަޕޫލާއި ޕޮއިންޓުގެ ގޮތުން ހަމަހަމަކޮށްފަައެވެ. އެއް މެޗު މަދުން ކުޅެގެން އެވަޓަން އޮތީ 40 ޕޮއިންޓާއެކު ތާވަލުގެ ހަތްވަނައިގައެވެ. ހަމަ މިއަދަދަށް ޕޮއިންޓް ހޯދައިގެން އެއް މެޗު އިތުރަށް ކުޅެގެން ލިވަޕޫލް އޮތީ ތާވަލުގެ ހަވަނައިގައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ