ބައިނަލްއަގުވާމީ މާދަރީ ބަހުގެ ދުވަސް ބ.އަތޮޅު މަދަރުސާގައި ފާހަގަކޮށްފި

ޚަބަރު ފަހުގެ

2021 ވަނަ އަހަރުގެ ބައިނަލްއަގުވާމީ މާދަރީ ބަހުގެ ދުވަސް ބ.އަތޮޅު މަދަރުސާގައި ފާހަގަކޮށްފިއެވެ.

މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެ މަދަރުސާގައި ވަނީ ހާއްސަ އެސެމްބުލީއެއް ބާއްވާފައެވެ. އެ މަދަރުސާގެ ލޭންގުއޭޖް ކުލަބުން އިސްނަގައިގެން ބޭއްވި މި ހާއްސަ އެސެމްބުލީގައި، މުވައްޒަފުންނާއި ދަރިވަރުން ބައިވެރިވީ ތަފާތު ގައުމުތަކުގެ ސަގާފީ ހެނދުމެއްގައެވެ.

އިޝްތިހާރު
އިޝްތިހާރު

މިއަދުގެ އެސެމްބުލީގައި ތަފާތު އެކި ބަސްބަހުން ދުވަހުގެ ތަހުނިޔާ ކިޔުން ކުރިއަށް ގެންދިޔައެވެ. މީގެ އިތުރުން ދަރިވަރުންގެ ހާއްސަ ނެށުމުގެ ހަރަކާތަކާއި، ދުވަހާއި ގުޅޭ ގޮތުން ހާއްސަ ދުއާއެއްވެސް މި އެސެމްބުލީގައި ކުރެވުނެވެ. އަދި އެސެމްބުލީ ނިމުމުން، ފޮޓޯ ނެގުމުގެ ސެޝަނެއްވެސް ކުރިއަށް ގެންދިޔައެވެ.

ބައިނަލްއަގުވާމީ މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމަށް ބ.އަތޮޅު މަދަރުސާގައި ބޭއްވުނު ހާއްސަ އެސެމްބުލީގައި، އެ މަދަރުސާގެ އެންމެހާ މުވައްޒަފުންނާއި ދަރިވަރުން ބައިވެރިވެފައި ވާކަމަށް އެ މަދުރުސާއިން މައުލޫމާތު ދެއެވެ.

މި އަހަރުގެ ބައިނަލްއަގުވާމީ މާދަރީ ބަހުގެ ދުވަހުގެ ޝިޔާރަކީ، “ތައުލީމުގައްޔާއި، މުޖުތަމައުގައި ޝާމިލުވުން އިތުރުކުރުވުމަށްޓަކައި ގިނަ ބައްސަކަން ކުރިއެރުވުން” އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ