ފަހަތުން އަރައި އާސެނަލް މޮޅުވެއްޖެ

ކުޅިވަރު ފަހުގެ

އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ ލެސްޓާ ސިޓީ އަތުން ފަހަތުން އަރައި އާސެނަލް މޮޅުވެއްޖެއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން ލެސްޓާ އަތުން ފަހަތުން އަރައި އާސެނަލް މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި މެޗުގެ ވަރަށް ކުރީކޮޅު ލެސްޓާއިން ވަނީ ލީޑު ނަގާފައެވެ. އެގޮތުން މެޗު ފަށައިގެން ހަވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޔޫރީ ޓިއެލެމަންސްއެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން އާސެނަލުން ވަނީ ދެ ލަނޑު ޖަހައި އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. އެގޮތުން މެޗުގެ 39 ވަނަ މިނެޓުގައި ޑޭވިޑް ލުއިޒް އާސެނަލަށް ނަތީޖާ އެއްވަރުކޮށްދިންއިރު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޕެނަލްޓީއަކުން އެލެކްޒެންޑަ ލަކަޒޭޓް ވަނީ އެ ޓީމަށް ލީޑު ނަގައިދީފައެވެ. އަދި މި މެޗުގައި އާސެނަލުން ލީޑު ފުޅާކުރީ ދެވަނަ ހާފު ފަށައިގެން ހަތްވަނަ މިނެޓުގައި ނިކޮލަސް ޕެޕޭ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި މޮޅާއެކު އާސެނަލް އޮތީ ތާވަލުގެ 10 ވަނައިގައި ކުޅުނު 26 މެޗުން ލިބުނު 37 ޕޮއިންޓާއެކުއެވެ. އަދި އާސެނަލް އަތުން ބަލިވި ލެސްޓާ އޮތީ ތާވަލުގެ ތިންވަނައިގައި 26 މެޗުން 49 ޕޮއިންޓާއެކުއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ