ލިވާތު ކުރަން ތިބި ދެމީހުން ލ.ގަމުން ހައްޔަރުކޮށްފިއެވެ. އެނގިފައިވާ ގޮތުގައި މިއީ ދިވެހި ދެ މީހުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ވަދެ ހައްޔަރުކޮށްފައި ވަނީ، ގެސްޓްހައުސްއެއްގައި ލިވާތު ކުރަން ތިބި މެދުއުމުރުގެ މީހަކާއި އުމުރުން ދުވަސް ވީ މީހެކެވެ.
ލ.ގަމުން މައުލޫމާތު ދިން މީހަކު ބުނެފައިވަނީ ހައްޔަރުކުރި ދެމީހުންގެ ތެރެއިން އެކަކު މިހާރު ވެސް އުޅެނީ ކައިވެނި ކޮށްގެންނެވެ. އަދި ދެވަނަ މީހާ ވެސް މީގެ ކުރިން ވަނީ ކައިވެނި ކޮށްފައެވެ.
ލިވާތު ގުޅުން ހިންގަން ތިބި ދެފިރިހެނުން ލ.ގަމުން ހައްޔަރުކުރި މައްސަލައިގައި އަދި ފުލުހުންގެ ބަހެއް ނުލިބެއެވެ.


