ބާރަށުން 9 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ޚަބަރު ފަހުގެ

ހއ. ބާރަށު ހޯމް ކަރަންޓީނުގައި ތިބި 9 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އެމީހުން ޕޮޒިޓިވްވީ، ކަރަންޓީނުގެ މުއްދަތު ހަމަވުމުން ކޮވިޑަށް ޓެސްޓުކުރުމަށް އިއްޔެ ނެގި ސާމްޕަލްގެ ނަތީޖާ ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. ނުވަ މީހުން ޕޮޒިޓިވްވިކަން އެނގުނީ ރޭގެ ވަގުތެއްގައެވެ.

އިޝްތިހާރު
އިޝްތިހާރު

ޕޮޒިޓިވްވި 9 މީހުންނަކީ އެއްކޮށް ކަރަންޓީނުގައި ތިބި މީހުންނެވެ.

މައުލޫމާތު ލިބޭގޮތުގައި، އެ ނުވަ މީހުންގެ ތެރޭގައި ޢުމުރުން 70 އަހަރުގެ ހައިރިސްކް މީހެއްވެސް ހިމެނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ