ރައީސް ނަޝީދަކީ ޖައްލާދެއް، ރައީސް އިބޫ އަކީ ފިނޑިއެއް: ޖަމީލު

ޚަބަރު ފަހުގެ ސިޔާސީ

ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް ރައީސް އިބޫ އަށާއި ރައީސް ނަޝީދަށް ފާޑު ވިދާޅުވެފައިވަނީ، ކުރީގެ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މަލީހު ޖަމާލްގެ އިތުބާރު ނެތް ކަމުގެ މައްސަލައާ ގުޅިގެންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މަލީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގިއިރު ތަޅުމުގައި 70 މެމްބަރުން ތިއްބެވިއެވެ. ވޯޓުގައި 64 މެމްބަރުން ބައިވެރިވެވަޑައިގެންފައިވާއިރު، މަލީހަށް އިތުބާރު ނެތްކަމަށް 59 މެމްބަރަކު ވޯޓުދެއްވީ އެވެ. ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުންނުވާ ހަތަރު މެމްބަރުން ތިއްބެވި އެވެ.

އިއްޔެގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއާ ގުޅިގެން، ރައީސް ނަޝީދަކީ ބަދަލު ހިފުމާއި ޒާތީވުމަށް ފެންބޮވައިގެންފައިވާ ބޭފުޅެއް ކަމަށާއި އެފަދަ ދެވަނައެއް ނެތްފަދަ ހުދުމުހުތާރު ބޭފުޅެއް ކަމަށް ޖަމީލް ވިދާޅުވިއެވެ. ބާރު ލިބިވަޑައިގަތުމުން ރައީސް ނަޝީދު ޖައްލާދަކަށް ބަދަލުވެފައިވާ ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ފާޑު ވިދާޅުވަމުން ޑރ. ޖަމީލް ވިދާޅުވީ، މަލީހްގެ އިތުބާރު ނެތް ކަމަށް ނިންމި މައްސަލައިގެ ތެރެއިން ރައީސް ޞާލިހުގެ ފިނޑިކަމާއި ނާގާބިލްކަން ހާމަވެއްޖެ ކަމަށެވެ. ބެލެވޭ ގޮތުން ޑރ. ޖަމީލް އެ އިޝާރާތްކުރައްވަނީ ކުރީގެ މިނިސްޓަރ މަލީހުގެ ދިފާއުގައި ރައީސް ޞާލިހު ނިކުންނަވާފައި ނުވާތީ އެކަމަށެވެ.

މީގެ ކުރިންވެސް ބައެއް މިނިސްޓަރުންގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް މަސައްކަތް ކުރެއްވުމުން ރައީސް ޞާލިހު ވަނީ އެ ބޭފުޅުންގެ ދިފާއުގައި ވާހަކަފުޅު ދައްކަވާފައެވެ.

މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެބިނެޓް ވަޒީރެއްގެ އިތުބާރުނެތްކަމަށް މަޖިލީހުން ނިންމި ފުރަތަމަ ފަހަރު އެވެ. މަލީހް ވަޒީރުންގެ މަޖިލީހަށް ވަޑައިގެންނެވީީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ