އެވަޓަން ބަލިކޮށް ޗެލްސީން މަގާމުގައި ދަމަހައްޓައިފި

ކުޅިވަރު ފަހުގެ

އިނގިރޭސި ޕްރިމިއާ ލީގުގައި ހޯމަ ދުވަހުގެރޭ އެވަޓަން އަތުން މޮޅުވެ، ތާވަލުގެ ހަތަރުވަނަ މަގާމު ޗެލްސީން ދަމަހައްޓައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޗެލްސީ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި މެޗުން ޗެލްސީ މޮޅުވިއިރު، އެ ޓީމުގެ ކޯޗުގެ މަގާމާ ތޯމަސް ޓުޗެލް ހަވާލުވި ފަހުން އެ ޓީމު މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. އެގޮތުން ޓުޗެލްގެ އިރުޝާދުގެ ދަށުން ކުޅުނު 11 މެޗުގެ ތެރެއިން އަށް މެޗުން ޗެލްސީ މޮޅުވެފައިވާއިރު، ނުވަ މެޗުގައި އެ ޓީމުން ވަނީ ކްލީން ޝީޓް ހޯދާފައެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީން ލީޑު ނެގިއިރު، މި ލަނޑަކީ މެޗުގެ 31 ވަނަ މިނެޓުގައި އެވަޓަނުގެ ބެން ގޮޑްފްރޭ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި މެޗުގެ 65 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖޯޖީނިއޯ ވަނީ ލަނޑެއް ޖަހައި، ޗެލްސީއަށް ލީޑު ފުޅާކޮށްދީފައެވެ. މިއީ އޭރިއާ ތެރެއިން ޗެލްސީގެ ކައި ހަވާޓްޒްއަށް އެވަޓަނުގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

މި މޮޅާއެކު ތާވަލުގެ ހަތަރުވަނައިގައި ޗެލްސީ އޮތީ ކުޅުނު 28 މެޗުން ލިިބުނު 50 ޕޮއިންޓާއެކުއެވެ. އަދި ޗެލްސީ އަތުން ބަލިވި އެވަޓަން އޮތީ ތާވަލުގެ ހަވަނައިގައި 27 މެޗުން 46 ޕޮއިންޓާއެކުއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ