ހއ. ބާރަށުން އިތުރު 2 މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
އެރަށުން އިތުރު 2 މީހަކު ޕޮޒިޓިވްވުމާއެކު، އެ ރަށުން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 33 އަށް އަރާފައެވެ.
އިއްޔެ އެރަށުން ނެގުނު 4 މީހެއްގެ ސާމްޕަލްގެ ތެރެއިން 2 މީހެއްގެ ސާމްޕަލް ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ.
ބާރަށުގައި އެކުގައި ހޯމް ކަރަންޓީން ފުރިހަމަ ކުރި 9 މީހަކު ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ މި މަހުގެ 1 ވަނަ ދުވަހުގެ ރެއެވެ. އަދި އެމީހުންނާއި އެރަށުތެރެއިން އިތުރު މީހުން ބައްދަލުވެފައި ވުމުން، ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ދެނެގަނެވުނު 6 މީހެއްގެ ސާމްޕަލް ޖެހިގެންއައި ދުވަހު ނެގިއެވެ. އޭގެ ތެރެއިން 4 މީހެއްގެ ސާމްޕަލް ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ.
އޭގެފަހުން މިހާތަނަށް ޖުމްލަ 33 މީހަކު އެރަށުން ޕޮޒިޓިވްވެފައިވާއިރު، މާރިޗް 1 ވަނަ ދުވަހުގެ ރެއިން ފެށިގެން އަދިވެސް އެރަށް އޮތީ މޮނިޓަރިން ހާލަތުގަ އެވެ.


