އެސްޓީއޯގެ އާންމު ހިއްސާދާރުންގެ ޑިރެކްޓަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

ޚަބަރު ފަހުގެ

އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބު ކުރާ ޑިރެކްޓަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެސްޓީއޯ އިން ބުނީ ކުންފުނީގެ ހިންގާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން އަދި ކުންފުނީގެ ހިއްސާ ބެހިފައިވާ ނިސްބަތަށް ބަލާއިރު ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރެވޭނީ އެއް ޑިރެކްޓަރެކެވެ. އަދި ސަރުކާރު ނުވަތަ މައި ހިއްސާދާރުގެ ފަރާތުން އައްޔަނުކުރެވޭނީ ހަ ޑިރެކްޓަރުން ކަމަށް އެ ކުންފުނިން ބުނެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކުރާ އަދި އިންތިހާބުކުރާ ހުރިހާ ޑިރެކްޓަރުންނަކީވެސް ވިޔަފާރިއާއި ހިންގުމުގެ ދާއިރާއިން އެކަށީގެންވާ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް ވުމަކީ ކުންފުނިން ބާރުއަޅާ ކަމެއް ކަމަށް އެސްޓީއޯ އިން ހާމަކުރެއެވެ.

advertisement

އާންމު ހިއްސާދާރުން ތަމްސީލު ކުރާ މެންބަރުންގެ ހުންނަންޖެހޭ ޝަރުތުތައް ގެޒެޓްކުރެވިފައިވާއިރު ނަން ހުށަހެޅޭނެ އެންމެ ފަހު ތާރީހަކީ އޭޕްރީލް 12 ވަނަ ދުވަހެވެ.

ޑިރެކްޓަރުކަމަށް ކުރިމަތިލާފައިވާ ފަރާތްތައް އިވެލުއޭޓްކޮށް، އެފަރާތްތަކާއިއެކު އިންޓަވިއުކުރުމަށްފަހު، ކޮމިޓީއިން ތައްޔާރުކުރާ ރިޕޯޓް ޑިރެކްޓަރުންގެ ބޯޑަށް ހުށަހެޅޭނެ އެވެ. ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާ ގޮތެއްގެމަތީން ޑިރެކްޓަރުކަމަށް ކުރިމަތިލާފައިވާ ފަރާތްތަކާބެހޭ މައުލޫމާތު ހިއްސާދާރުންނަށް ފޯރުކޮށްދެވޭނެއެވެ.

އާންމު ހިއްސާދާރުން ތަމްސީލްކުރުމަށް ޑިރެކްޓަރު ހޮވުމަށް ހަމަޖެހިފައިވަނީ އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ