ބ. ދަރަވަންދޫއާއި ތުޅާދޫ ގެ އިތުރުން ކެންދޫ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރަނީ

ޚަބަރު ފަހުގެ

ބ. ދަރަވަންދޫއާއި ތުޅާދޫ ގެ އިތުރުން ކެންދޫ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތުގައި މިނިސްޓްރީ އޮފް ޔޫތް އެންޓް ސްޕޯޓްސް އާއެކު ރޯޑްޑިވިލޮޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އިން މިއަދު ސޮއިކޮށްފިއެވެ.

އާރުޑީސީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ، އެ ކޯޕަރޭޝަންގެ ޖެނެރަލް މެނޭޖަރ އަހުމަދު ޝުހާދުއެވެ. އަދި
ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ބ ދަރަވަންދޫ އަދި ބ ތުޅާދޫ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް އެޅުމަށް އެއްބަސްވެފައިވަނީ 2.2 މިލިއަން ރުފިޔާއަށެވެ. އަދި ބ ކެންދޫ ފުޓޫބޯޅަ ދަނޑުގެ ސަބްބޭސް އެޅުމަށް އެއްބަސްވެފައިވަނީ 1.6 މިލިއަން ރުފިޔާއަށެވެ.

1160 މީހުންގެ އާބާދީ އޮންނަ ދަރަވަންދޫގައި ފުޓްސެލް ދެ ދަނޑު މިހާރުވެސް އެޅިފައި ވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ