އޭޕްރީލް މަހުގެ ދިހަވަނަ ދުވަހު ކުރިއަށް ދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ބާތިލް ވޯޓު މާނަ ކުރިގޮތާމެދު ހިތްހަމަ ނުޖެހި ވެރިކަން ކުރާ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މައްސަލަ ކޯޓަށް ހުށަހެޅުމަށް ނިންމައިފިއެވެ.
އެމްޑީޕީއިން މިގޮތަށް ނިންމާފައިވަނީ މިއަދު އެ ޕާޓޯން އިންތިޚާބުގެ ކަންކަމާ ގުޅޭގޮތުން ބޭއްވި އެމްޑީޕީގެ ސެކްރެޓޭޓް ބައްދަލުވުމެއްގައެވެ. އެހެން ނަމަވެސް ކޯޓަށް މައްސަލަ ވައްދާނެ އިރެއް އެނގިފައެއް ނުވެއެވެ.
އެމްޑީޕީ އިން ވަނީ މާލޭގެ ހަ ދާއިރާއެއްގެ ގޮނޑި އަލުން ގުނުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ހުށަހަޅައިފައެވެ. އަދި އެމްޑީޕީން ބުނާ ގޮތުގައި ބާތިލު ވޯޓު އީސީއިން މާނަ ކޮށްފައިވަނީ ގާނޫނޫގެ މަހްފޫމާ ޚިލާފަށެވެ.
އެމްޑީީޕީގެ ދިގު ތާރީހުގައި ވެސް އެ ޕާޓީއަށް މާލޭ ސިޓީގެ މެޖޯރިޓީ ގެއްލުނު މިއީ ފުރަތަމަ ފަހަރެވެ. އެގޮތުން ޕީޕީއެމް އިން ވަނީ އެ ޕާޓީން ވާދަކުރި 12 ގޮނޑިވެސް މާލޭ ސިޓީން ކާމިޔާބު ކޮށްފައެވެ.


