މަތިވެރިން އިތުުރު 21 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ ޖުމްލަ 106 އަށް

ޚަބަރު ފަހުގެ

އއ. މަތިވެރިން އިތުުރު 21 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ ޖުމްލަ 106 އަށް އަރައިފިއެވެ.

އެރަށު ސިއްހީ މަރުކަޒުން ބުނީ، މަތިވެރިން އިތުރު 21 މީހުން ކޮވިޑަށް ޕޮޒިޓިވްވެ ޖުމްލަ އަދަދު 106 އަކަށް އަރާފައިވާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އަދި ސާމްޕަލް ނެގި 39 ފަރާތެއްގެ ނަތީޖާ އަދި ނުލިބޭ ކަމަށް އެރަށު ސިއްހީ މަރުކަޒުން ބުންޏެވެ.

މަތިވެރި ސިއްހީ މަރުކަޒުން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އެރަށުން 19 ވަނަ ދުވަހު 11 މީހަކު ޕޮޒިޓިވްވެފައި ވެއެވެ. އަދި 20 ވަނަ ދުވަހު އަށް މީހަކު ޕޮޒިޓިވްވެފައިވާއިރު، 21 ވަނަ ދުވަހު ޕޮޒިޓިވްވެފައި ވަނީ 66 މީހެކެވެ. އަދި 22 ވަނަ ދުވަހު 21 މީހަކު ޕޮޒިޓިވް ވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ