ކިނބިދޫގައި ކަރަންޓީނުގައި ހުރި މީހަކު މަރުވެއްޖެ

ޚަބަރު ފަހުގެ

ތ. ކިނބިދޫގައި ކަރަންޓީނުގައި ހުރި މީހަކު މިއަދު ހެނދުނު މަރުވެއްޖެއެވެ.

ކަރަންޓީނުގައި ހުއްޓައި މަރުވެފައިވަނީ އުމުރުން 33 އަހަރުގެ ފިރިހެނެއް ކަމަށްވާއިރު އޭނާ ކަރަންޓީނުގައި ހުރީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހަކާއި ކޮންޓެކްޓް ވެފައިވާތީއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މަރުވެފައިވަނީ ކަރަންޓީނުގެ މުއްދަތު ފުރިހަމަކޮށް ކޮވިޑަށް ޓެސްޓު ކުރުމަށް ސާމްޕަލް ވެސް ނަގާފައިވަނިކޮށެވެ. ނަމަވެސް އެ ސާމްޕަލްގެ ނަތީޖާ އަދި ނުލިބޭ ކަމަށް މައުލޫމާތު ލިބެއެވެ.

ކޮވިޑްގެ ޕޮޒިޓިވް ކޭސްތަކެއް ފެނުމާ ގުޅިގެން ކިނބިދޫ މިވަގުތު އޮތީ މޮނީޓަރިން ހާލަތުގައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ