ޣައްޒާއަށް އެތެރެކުރާ އިންސާނީ އެހީގެ މިންވަރާ ގުޅޭގޮތުން އެމެރިކާ އެމްބަސެޑަރު ދޮގު ހަދައިފި

ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރާ މިންވަރާ ގުޅޭގޮތުން، އެމެރިކާއިން އދއަށް ކަނޑައަޅާފައި ހުންނަ އެމްބަސެޑަރ މައިކް ވާލްޒް ދޮގު ހަދައިގެން ވާހަކަ ދައްކައިފިއެވެ. ރަފަހް ކްރޮސިންގ އަށް ޒިޔާރަތް ކުރުމަށްފަހު އެމެރިކާ އެމްބަސެޑަރ ބުނީ، […]

އިތުރަށް ވިދާޅުވޭ

ޣައްޒާގައި ވެރިކަންކުރަން އުފައްދާ ވަގުތީ ބޯޑު އިއުލާން ކުރާނީ އަންނަ އަހަރުގެ ކުރީކޮޅު: ޓްރަމްޕް

ޣައްޒާގައި ވެރިކަންކުރަން އެކުލަވާލާ “ބޯރޑު އޮފް ޕީސް” އިއުލާން ކުރާނީ އަންނަ އަހަރު ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. އެމެރިކާގެ ރައީސް މިކަން ހާމަކޮށްފައިވަނީ، ވައިޓް ހައުސްގައި ބޭއްވި ހަފްލާއެއްގެ ތެރެއިން […]

އިތުރަށް ވިދާޅުވޭ

ޣައްޒާގައި ޣައިރުގާނޫނީ އިތުރު 764 ޔަހޫދީ އާބާދީ ހަދަން އިއުލާންކޮށްފި، ދުނިޔެ ކުޅިބަލަން

ހިފާފައިވާ ހުޅަނގު އައްސޭރީގައި ޣައިރުގާނޫނީ އިތުރު 764 ޔަހޫދީ އާބާދީ ހަދަން ޕްލޭންކޮށް، އިސްތިއުމާރީ އިސްރާއީލުން އެކަން އިއުލާން ކުރުމުން ހަމާސްއިން އެކަން ވަރަށް ބޮޑަށް ކުށްވެރި ކޮށްފިއެވެ. ހަމާސްއިން ބުނެފައިވަނީ، މިއީ، ހިފާފައިވާ […]

އިތުރަށް ވިދާޅުވޭ

ހަމަލާތައް ހުއްޓާލަން އެއްބަސްވި ފަހުންވެސް ޣައްޒާއިން 373 މީހުން ޝަހީދުކޮށްލައިފި، މިހާރުވެސް ބޮންއަޅަނީ

ހަމަލާތައް ހުއްޓާލުމަށް ވެވުނު އެއްބަސްވުމަށް އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު އަމަލުކުރަން ފެށިފަހުން އެކަނިވެސް، އިސްތިއުމާރީ ޓެރަރިސްޓުން ޣައްޒާއަށް ހަމަލާދީ މިހާތަނަށް ޝަހީދުކޮށްލި މީހުންގެ އަދަދު 373 އަށް އަރާފައިވާ ކަމަށް، ޣައްޒާ […]

އިތުރަށް ވިދާޅުވޭ

ދޯހާ ފޯރަމްގެ ފުރަތަމަ ދުވަސް: ގަތަރުން ބުނަނީ ޣައްޒާ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުން އޮތީ ނާޒުކު ފައްތަރެއްގައި ކަމަށް

ދޯހާ ފޯރަމްގެ ފުރަތަމަ ދުވަހުގެ ތަގްރީރުތައް ނިންމާލައިފިއެވެ. ދޯހާ ފޯރަމަކީ، ދުނިޔޭގެ ބޮޑެތި މައްސަލަތަކާ ގުޅޭގޮތުން ގައުމުތަކުގެ ވެރިންނާއި، އިސް ޑިޕްލޮމޭޓުންނާއި، މަހުޖަނުން އެއްތަންވެ ޚިޔާލު ފާޅުކޮށް ބަހުސްކުރުމަށް ކޮންމެ އަހަރަކު ގަތަރުން ބާއްވާ […]

އިތުރަށް ވިދާޅުވޭ

އިސްރާއީލުން ޣައިރުގާނޫނީ ކޮށްފައިވަނިކޮށް އަންރްވާގެ މުއްދަތު 2029 އަށް އިތުރުކުރަން އާންމު މަޖިލީހުން ފާސްކޮށްފި

ފަލަސްތީނު ރެފިއުޖީންނާބެހޭ އދގެ ޚާއްސަ އޭޖެންސީ، އަންރްވާގެ މުއްދަތު އދގެ އާންމު މަޖިލީހުން އިތުރު ކުރުމާ ގުޅިގެން ފަލަސްތީނު ސަރުކާރުން އެކަމަށް ހޫނު މަރްހަބާއެއް ކިޔައިފިއެވެ. އަންރްވާގެ މޭންޑޭޓް އދގެ އާންމު މަޖިލީހުން މި […]

އިތުރަށް ވިދާޅުވޭ

އިންޒާރު އައީ އީރާނުން، ވަރުގަދަ ރައްދަކަށް އިންތިޒާރު ކުރުމަށް އިސްރާއީލަށް ގޮވާލި

އިސްތިއުމާރީ އިސްރާއީލުން ހަމަލާދީ ހިޒްބުﷲގެ އިސް ކޮމާންޑަރު ހައިތަމް އަލީ ތަބަތައީ އަވަހާރަ ކޮށްލުމުން އެކަމުގެ ބަދަލު ހިފުމަކީ ކޮންމެހެން ކުރާންޖެހޭ ކަމެއް ކަމަށް ބުނެ އީރާނުން އިސްރާއީލަށް ވަރަށް ވަރުގަދަ އިންޒާރުތަކެއް ދީފިއެވެ. […]

އިތުރަށް ވިދާޅުވޭ

24 ގަޑިއިރު ތެރޭ ޣައްޒާއިން 21 މީހުން ޝަހީދުކޮށްލައިފި، ހަމާސްގެ ރުޅި މީޑިއޭޓަރުންނަށް

އިސްތިއުމާރީ އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ވައިގެ ހަމަލާތައް އިތުރުކޮށް، ވަރުގަދަ ކޮށްފިއެވެ. ޣައްޒާގެ އުތުރުގެ ހިސާބުތަކަށާއި، ޣައްޒާގެ ދެކުނަށް ދެމުންގެންދާ ޓެރަރިސްޓު ހަމަލާތައް އިތުރަށް ވަރުގަދަކޮށް، އިމާރާތްތަކާއި ގެތަކަށް ގެންދަނީ ބޮން އަޅަމުންނެވެ.އިޝްތިހާރު ޖެއްސެވުމަށް […]

އިތުރަށް ވިދާޅުވޭ

ދުނިޔޭގެ ގާނޫނުތައް މުގުރާލައި، އެމެރިކާއިން އުޅެނީ ގަދަބާރުން ކަންކުރުމުގެ ނިޒާމެއް ގާއިމްކުރަން: އީރާނުގެ ޚާރިޖީ ވަޒީރު

ބައިނަލްއަގްވާމީ ގާނޫނުތައް މުގުރާލައި، އެމެރިކާއާއި އެމެރިކާގެ ބައިވެރިން އުޅެނީ، ދުނިޔޭގައި ގަދަބާރުން ކަންތައް ކުރުމުގެ ނިޒާމެއް ގާއިމްކުރުމަށް ކަމަށް ވިދާޅުވެ، އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ. އީރާނުގެ […]

އިތުރަށް ވިދާޅުވޭ

ފަލަސްތީނު ބިމަށް ގަދަކަމުން އަރާހުރި މުޖުރިމަކު ބުނަނީ ފަލަސްތީނު މީހުންނަކީ ވުޖޫދުގައިވެސް ނެތް ބައެއް ކަމަށް

“ފަލަސްތީނު މީހުންނަކީ” ދުނިޔޭގައި ވުޖޫދުވެސް ވެފައިވާ ބައެއް ނޫން ކަމަށް، އިސްތިއުމާރީ އިސްރާއީލުގެ ހަރުކަށި ނޭޝަނަލް ސެކިއުރިޓީ މިނިސޓަރ އިތަމަރ ބެން-ގްވީރް ބުނެފިއެވެ. ސޯޝަލް މީޑިއާގައި އިނގިރޭސިބަހުން އޭނާ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ފަލަސްތީނު […]

އިތުރަށް ވިދާޅުވޭ