ދިއްދޫ އިތުރު 8 މީހަކު ޕޮޒިޓިވްވެއްޖެ، ޖުމްލަ ޕޮޒިޓިވްވީ މީހުންގެ އަދަދު 61 އަށް

ޚަބަރު ފަހުގެ

ހއ. ދިއްދޫގެ އަދަދުތައް މައްޗަށް، އިތުރު 8 މީހަކު ޕޮޒިޓިވްވެއްޖެ، ޖުމްލަ ޕޮޒިޓިވްވީ މީހުންގެ އަދަދު 61 އަރައިފިއެވެ.

ދިއްދޫން ޖުމްލަ 512 ސާމްޕަލް މިއަދާ ހަމަޔަށް ނަގާފައިވާއިރު އޭގެތެރެއިން 61 މީހުންގެ ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ. އަދި އޭގެ ތެރޭން 451 ސާމްޕަލް ނެގެޓިވް ވެފައެވެ.

އިޝްތިހާރު
އިޝްތިހާރު

ދިއްދޫއިން އެންމެ ފުރަތަމަ މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ މި މަހުގެ އެއް ވަނަ ދުވަހުއެވެ. އެރަށުން ޕޮޒިޓިވްވެފައިވަނީ ބަލީގެ އަލާމާތްތަކެއް ހުރެގެން އެރަށުގަ ހުރި ފްލޫކުލިނިކަށް ދެއްކި މީހެކެވެ. ދިއްދޫން މީހަކު ޕޮޒިޓިވްވުމުން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ ދިއްދޫ މޮނިޓަރިން ހާލަތަށް ގެނެސްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ