ފަސް ރަށެއްގައި ކާފިއު ހިންގައި، ގެއިން ބޭރަށް ނުކުތުން މަނާކޮށް، ހަރުކަށި ފިޔަވަޅުތަކެއް އަޅައިފި

ޚަބަރު ފަހުގެ

ރާއްޖޭގެ ފަސް ރަށެއްގައި ކާފިއު ހިންގަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ރޭ ނެރުނު އެންގުމުގައި ކާފިއު ހިންގަން ނިންމާފައި ވަނީ މިވަގުތު ކޮވިޑަށް އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާ ފަސް ރަށުގައެވެ. އެއީ ޅ. ނައިފަރާއި ކ. މާފުށްޓާއި އއ. މަތިވެރީގެ އިތުރުން އެ އަތޮޅު އުކުޅަހާއި ބ. އޭދަފުއްޓެވެ.

އިޝްތިހާރު
އިޝްތިހާރު

އެޗްޕީއޭގެ އެންގުމުގައި ބުނީ، މި ފަސް ރަށުގައި ހަވީރު 4:00 އިން ފެށިގެން ފަތިހު 4:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނިކުތުން މަނާވާނެ ކަމަށެވެ. އަދި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުމަށާއި އެއް ފަހަރާ ތިން މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތަނުގައި އެއްވެ އުޅުންވެސް ވަނީ މަނާކޮށްފައެވެ.

އޭގެ އިތުރުން ޕާޓީތަކާއި ހަފުލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން ހުއްޓާލުމަށާއި ސެލޫންތަކާއި ބޯކޮށާތަންތަނާއި ޖިމުތައް ބަންދުރުމަށް އަދި ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައްވެސް މެދުކަނޑާލަން ވަނީ އަންގައިފައެވެ.

އެންގުމުގައި އިތުރަށް ވަނީ، އެރަށްރަށުގެ ފިހާރަތަކުން ހިދުމަތް ދޭ އިރު އެޗްޕީއޭ އިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ހިދުމަތް ދިނުމަށާއި ހޮޓާތަކާއި ކެފޭތަކާއި ރެސްޓޯރަންޓްތައް ބަންދުކުރަން އަންގައިފައެވެ. ނަމަވެސް ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށް ބުނެފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ