ހދ. ހަނިމާދޫގެ މަތިވެރި ކުލަސްޓާގެ 3 މީހުން ބަލިން ރަނގަޅުވެއްޖެ

ހަނިމާދޫ ޚަބަރު ފަހުގެ

މިމަހުގެ 20 ވަނަ ދުވަހު އއ. މަތިވެރިން ހދ. ހަނިމާދޫއަށް ދަތުރުކުރި ތިން މައިންގެ ތެރެއިން ދެމައިން ކޯވިޑް-19އަށް ޕޮޒިޓިވްވީ މިމަހުގެ 22 ވަނަ ދުވަހުއެވެ. އަދި އެ ދެ ކޭހާއި ގުޅިގެން ނެގުނު ސާމްޕަލްތަކުން އިތުރު މީހެއް ޕޮޒިޓިވްވީ މިމަހުގެ 23 ވަނަ ދުވަހުއެވެ. އެއީ ޕޮޒިޓިވްވި އަންހެންކުއްޖާގެ މަންމައެވެ.

އެމީހުންނާއި ސީދާ ބައްދަލުވި މީހުން ހިމެނޭ 8 ގޭގެ މީހުން 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ހަމަވެގެން ނެގި ސާމްޕަލްތައް ވަނީ ނެގެޓިވްވެފައެވެ.

އިޝްތިހާރު
އިޝްތިހާރު

ހަނިމާދޫން ފެނުނު ޕޮޒިޓިވް ތިން ކޭހާއި ގުޅިގެން އެމީހުންނާއި ސީދާ ބައްދަލުވި މީހުންގެ ގޮތުގައި ޖުމްލަ 39 މީހެއްގެ ސާމްޕަލް ނަގައި ޓެސްޓް ކުރިއެވެ. އަދި ރެންޑަމް ސާމްޕަލްގެ ގޮތުގަ 40 ސާމްޕަލެއް ނެގިއެވެ.

ހަނިމާދޫގައި އިތުރު ޕޮޒިޓިވް ތިން ކޭސް މިހާރުވެސް އެބަތިއްބެވެ. އެއީ އިންޑިއާ ސިފައިންގެ މީހެއްގެ އާއިލާއަކަށް ނިސްބަތްވާ ތިން މީހެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ