ވަޒީފާ އަދާކުރުމަށް ރާއްޖެއަށް ދެކުނު އޭޝިއާއިން މީހުން އައުން މަނާކޮށްފި

ޚަބަރު ފަހުގެ

ކޮވިޑް-19 ގެ ހާލަތު ރާއްޖޭގައި ގޯސްވަމުންދާތީ، ވަޒީފާ އަދާކުރުމަށް ރާއްޖެއަށް ދެކުނު އޭޝިއާއިން މީހުން އައުން މަނާކޮށްފިއެވެ.

އެޗްޕީއޭ އިން މިއަދު ނެރުނު އެންގުމެއްގައި ބުނީ މާދަމާ އިން ފެށިގެން ދެކުނު އޭޝިއާގެ ޤައުމުތަކާއި ސަރަޙައްދުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިން، މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން ހުއްޓާލުމަށާއި އަދި ދެކުނު އޭޝިއާގެ ޤައުމުތަކާއި ސަރަޙައްދުތަކުން ވާރކްޕާރމިޓް ހޯލްޑަރުން ރާއްޖެއަށް އެތެރެވުން ހުއްޓާލުމަށް އަންގާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ރާއްޖޭގެ ކޮވިޑުގެ ހާލަތު ގޯސްވަމުން އަންނަ އިރު ދުވާލެއްގެ މައްޗަށް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިވަނީ 500 އިން މަތީގައެވެ. އެގޮތުން އިއްޔެ 766 މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

ރާއްޖޭގައި މިވަގުތުވެސް ކޮވިޑު ޖެހިފައިތިބި 8000 އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫ ފުރިފައިވާ އިރު ކޮވިޑު ބަލި މީހުންނަށް ފަރުވާ ކުރުމުގައި ސިއްހީ އެހީތެރިން ހޯދުމަށްވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ