ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެ، ޖުމްލަ އަދަދު 84 އަށް

ޚަބަރު ފަހުގެ

ކޮވިޑް ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެ، ޖުމްލަ އަދަދު 84 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ހެނދުނު އައިޖީއެމްއެޗުގެ އިމަޖެންސީ ރޫމަށް ގެނައި އުމުރުން 51 އަހަރުގެ ދިވެހި އަންހެނަކު މި ބަލީގައި މަރުވެފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެމީހާ އައިޖީއެމްއެޗަށް ގެނައީ ފަތިހު 4:45 ހާއިރު ކަމަށާއި މަރުވީ 5:46 ހާއިރު ކަމަށް އެޗްޕީއޭ އިން ބުންޏެވެ. މިއީ މި މަސް ތެރޭގައި މަރުވި 11ވަނަ މީހާއެވެ. އަދި މި މަހަކީ ރާއްޖެއިން ކޮވިޑް ފެނުނު ފަހުން އެންމެ ގިނައިން ކޮވިޑް ބަލީގައި މީހުން މަރުވި ކަމަށް ރިޕޯޓު ކުރެވުނު މަހެވެ.

މިއަދު މަރުވި މީހާއާއެކު މުޅި ރާއްޖެއިން މި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު މިވަނީ 84 އަށް އަރައިފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ