ރާއްޖޭގައި އާ ރެކޯޑެއް، 24 ގަޑިއިރުގެ ތެރޭ ޕޮޒިޓިވް ވި މީހުންގެ އަދަދު 1000 ފަހަނައަޅައިފި!

ޚަބަރު ފަހުގެ

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1،091 އަށް އާރާފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ހާމަކޮށްފި އެވެ.

އެޗްޕީއޭއިން މިރޭ، އާއްމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އިއްޔެގެ 06:00 އިން ފެށިގެން މިއަދުގެ އިރުއޮއްސި 06:00 އާއި ހަމައަށް 4،507 މީހެއްގެ ސާމްޕަލް ވަނީ ނަގާފައެވެ. އަދި މީގެ ތެރެއިން 1091 މީހަކު ބައްޔަށް ޕޮޒިޓިވްވީއިރު އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ބަލި ޖެހުނު 933 މީހުންނާއި، ރާއްޖޭގެ ރަށްތަކުން ބައްޔަށް ޕޮޒިޓިވްވި، 147 މީހެކެވެ.

އިޝްތިހާރު
އިޝްތިހާރު

މާލޭގެ ހާލަތު ވަރަށް ބޮޑުތަނުން ގޯސްވެ، ހޮސްޕިޓަލްގައް އެއްކޮށްހެން ވަނީ ފުރިފައެވެ. އަދި އަތޮޅުތަކުގެ ފެސިލިޓީތަކުގައި ވެސް ގިނަ އަދަދެއްގެ މީހުންނަށް ދަނީ ފަރުވާދެމުންނެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފައި ވަނީ، މިވަގުތު ބައްޔަށް ޕޮޒިޓިވްވެފައި ތިބި ޖުމްލަ 9،432 މީހެއްގެ ތެރެއިން 250 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ކަމަށެވެ.

މާލޭގައި މިވަގުތު އޮތީ، އާ ވޭރިއެންޓަކާއި މެދު ސުވާލުތަކެއް އުފެދޭއިރު އަދި އެކަން ޔަގީން ކުރެވޭ ގޮތެއް ނުވެއެވެ. އެހެން ނަމަވެސް މިދިޔަ ހަފްތާގެ ތެރޭގައި އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓްރީގެ ސްޓޭޓް ޑރ. ޝާހު މާހިރު ވިދާޅުވީ ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ބައެއް ސާމްޕަލްތަކުގެ ނަތީޖާ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ލިބޭނެ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ