ބިހުރޯޒު މިސްކިތުގައި ގޮތްނޭނގޭ އެއްޗެއް އޮވެގެން ބަލައި ފާސްކޮށްފި

ޚަބަރު ފަހުގެ

ބިހުރޯޒް މިސްކިތް ތެރޭގައި ގޮތްނޭނގޭ އެއްޗެއް އޮތްކަމުގެ ރިޕޯޓް ލިބިގެން ބަލައި ފާސްކޮށްފިއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ ޖެނެރަލް އިބްރާހިމް އާޒިމް ވިދާޅުވީ، ބިހުރޯޒު މިސްކިތް ތެރޭގައި ގޮތް ނޭނގޭ އެއްޗެއް އޮތް ކަމުގެ ރިޕޯޓެއް ލިބިގެން ފުލުހުންނާ ގުޅިގެން އެމްއެންޑީއެފުން ބަލައި ފާސްކޮށް ކްލިއާކޮށްފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި އެ ބަލައި ފާސްކުރުމުގައި އެތަނުން ނުރައްކާ ޒާތުގެ އެއްވެސް އެއްޗެއް ފެނިފައި ނުވާ ކަމަށް ވިދާޅުވިއެވެ. ބިހުރޯޒް މިސްކިތް ތެރެއިން ފެނިފައިވަނީ ލަގެޖެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ