ނަޝީދުގެ ބޭސްފަރުވާގެ ހަރަދު ދެނީ ޖަރުމަނު ސަރުކާރުން

ޚަބަރު ފަހުގެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއިން ލިބިވަޑައިގަތް ޒަޚަމްތަކަށް އިތުރު ފަރުވާ ހޯއްދެވުމަށް ޖަރުމަންވިލާތަށް ކުރައްވާ ދަތުރުފުޅުގެ ހަރަދު ހަމަޖެއްސެވީ ޖަރުމަނުގައި ހުންނަވާ ރާއްޖޭގެ އޮނަރަރީ ކޮންސުލް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ ރައީސް ނަޝީދަށް ލިބިވަޑައިގަތް ޒަޚަމްތަކަށް ޖަރުމަންވިލާތަށް މިއަދު ހެނދުނު ފުރާވަޑައިގަތީ އެއަރ އެމްބިއުލާންސެއްގައި ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން ދަތުރުކުރެއްވި އެއަރ އެމްބިއުލާންސްގެ ޚަރަދާއި ޖަރުމަންވިލާތުގައި ބޭސްފަރުވާ ކުރެއްވުމުގެ ޚަރަދު ހަމަޖައްސަވާފައިވަނީ ޖަރުމަންވިލާތުގައި ހުންނަވާ ރާއްޖޭގެ އޮނަރަރީ ކޮންސޫލް މިސްޓަރ ކްރިސްޓިއަން ވޮން ސްޓެޓެން މެދުވެރިކޮށްކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ. އަދި މި ދަތުރުފުޅުގެ އެންމެހާ އިންތިޒާމުތައް ހަމަޖައްސަވާފައި ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއާއި ޖަރުމަންވިލާތުގައި ހުންނަ ރާއްޖޭގެ އެމްބަސީ މެދުވެރިކޮށް ޖަރުމަން ސަރުކާރުންކަމަށްވެސް މަޖިލީހުގެ އިދާރާއިން ހާމަކުރެއެވެ.

މޭ 6 ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން އެމަނިކުފާނަށް ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާވެސް ހޯއްދަވާފައެވެ.

އޭޑީކޭ ހޮސްޕިޓަލަށް އެެމަނިކުފާން ގެންދެވުނުތާ 10 މިނިޓު ތެރޭގައި އެމަނިކުފާނުގެ ސީރިއަސް އޮޕަރޭޝަންތަކެއް ކޮށް ފުރާނަ ވަނީ ސަލާމަތްކޮށްފައެވެ. ސާޖަރީގައި އެމަނިކުފާނު 16 ގަޑިއިރު ހޭދަ ކުރެއްވި ކަމަށް އޭޑިކޭއިން މައުލޫމާތުދެއެވެ.

މި ހަމަލާއާ ގުޅިގެން މިހާތަނަށް ތިން މީހަކު ވަނި ހައްޔަރުކޮށްފައެވެ. ބޮމުގެ ހަމަލާ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ މއ. ފޭރުގެ މުޖާޒް އަހުމަދު އާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދު އާއި ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު އެވެ. އަދުހަމް އަކީ ނަޝީދަށް ހަމަލާދިނުމަށް ތައްޔާރުކޮށްފައިވާ ޑިވައިސް ރިމޯޓެއް ބޭނުންކޮށްގެން ގޮއްވާލި މީހާއެވެ. އަދި ތަހުމީނަކީ ބޮން ގޮއްވާލުމަށް ބޭނުން ކުރި ސައިކަލްގެ ވެރިމީހާ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ