ހއ.އަތޮޅުން ފެށިގެން ޅ އަތޮޅާއި ދެމެދުގެ ރަށްތަކަށް އޮރެންޖް އެލާޓް ނެރެފި

ޚަބަރު ފަހުގެ

ހއ.އަތޮޅުން ފެށިގެން ޅ އަތޮޅާއި ދެމެދުގެ ރަށްތަކަށް އޮރެންޖް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން މި އެލާޓް ނެރެފައިވަނީ ހއ.އަތޮޅުން ފެށިގެން ޅ އަތޮޅާއި ދެމެދުގެ ރަށްތަކަށް މިއަދު 15:15 އިން 17:15 އާއި ހަމައަށެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި އެ އިންޒާރުގައި ބުނެފައި ވަނީ ގަޑިއަކު 34 މޭލާއި 40 މޭލު ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށެވެ.

އެ އިންޒާރުގެ މުއްދަތު ހަމަވާނީ އިރުއޮއްސި 17:15 އަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނެފައި ވަނީ ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށާއި އަދި ރާޅު އަރާނެކަމަށް ބުނެފައި ވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ