ހަނިމާދޫގެ އާ ކައުންސިލަރުންނާއި ޑަބްލިއު..ޑީ.ސީ.ގެ ހުވާ ކުރުން ހަނިމާދޫ އިޖުތިމާއީ މަރުކަޒުގައި، ގޮށްކޮޅުން ލައިވް ކުރާނެ!

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ ކައުންސިލަށް އިންތިހާބުވި ކައުންސިލަރުނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ (ޑަބްލިއު.ޑީ.ސީ)ގެ މެންބަރު ހުވާކުރުން ހަނިމަދޫ އިޖުތިމާއި މަރުކަޒުގައި ބޭއްވުމަށް ނިންމައި ތައްޔާރީތައް ވާން ފަށައިފިއެވެ.

ގޮށްކޮޅު ފޭސްބުކް ޕޭޖުން މި ޖަލުސާ ވަގުތުން ދުރަށް ފޮވުމަށް ވަނީ ހަމަޖެހިފައެވެ.

އިޝްތިހާރު
އިޝްތިހާރު

ހުވާ ކުރުމުގެ ރަސްމިއްޔާތާއި ބެހޭގޮތުން ގޮށްކޮޅަށް މައުލޫމާތު ދެއްވަމުން ހަނިމާދޫ ކައުންސިލްގެ އެކްޓިން ސެކެރެޓަރީ ޖެނެރަލް އިބްރާޙީމް ޢަލީ ވިދާޅުވީ މި ހަފުލާގައި ބައިވެރި ވާނީ އަލަށް ހޮވުނު މެމްބަރުންނާއި ޑަބްލިއު.ޑީ.ސީ މެންބަރުންގެ އިތުރު، ނިމިދިޔަ ކައުންސިލް މެމްބަރުންނާ ކައުންސިލްގެ އިދާރީ މުޒަފުން ކަމަށެވެ.

“އަޅުގަނޑުމެންނަށް އެބައޮތް ހުވާކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދާން ވީ ގޮތުގެ އިރުސާދު ލިބިފައި. މީގައި މިއޮތީނުން ވީހާވެސް މަދު ބަޔަކު ސާމިލް ވާގޮތަށް އެކަން ކުރުމަށް، އެހެންވެ އާމުން މި ހަފުލާގައި ބައިވެރި ނުކުރަން މި ނިންމީ.” ހަނިމާދޫ ކައުންސިލްގެ އެކްޓިން ސެކެރެޓަރީ ޖެނެރަލް އިބްރާޙީމް ޢަލީ ވިދާޅުވިއެވެ.

ހުވާ ކުރުމުގެ ރަސްމިއްޔާތަށް ފަހު އާ ކައުންސިލްގެ ފުރަތަމަ ޖަލްސާ ކުރިއަށް ގެންދާނެއެވެ. މި ޖަލްސާގައި ހަނިމާދޫ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ހޮވުމުގެ ވޯޓު ކައުންސިލަރުންގެ މެދުގައި ކުރިއަށް ގެންދާނެއެވެ. މި ވޯޓުގެ ކަންތައް ކުރިއަށް ގެންދާނީ ކައުންސިލްގެ އެކްޓިން ސެކެރެޓަރީގެ ބެލުމުގެ ދަށުންނެވެ.

ހަނިމާދޫ ކައުންސިލަށް މިފަހަރު އިންތިހާބުވެފައިވަނީ އެމްޑީޕީގެ 4 ކައުންސިލަރުންނާއި ޖޭޕީގެ 1 ކައުންސިލަރެވެ. ޑަބްލިއު.ޑީ.ސީ.އަށް ހޮވިފައި ވަނީ އެމްޑީޕީގެ 4 މެމްބަރުންނާއި އަމިއްލަގޮތުން ވާދަކޮށްފައިވާ ފަރާތެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ