ފަލަސްތީނަށް އޮތް ލޯބި ހދ.ނައިވާދޫ ރައްޔިތުން ދައްކާލައިފި

ޚަބަރު ފަހުގެ

އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާއި ދެކޮޅުކަން ހާމަކޮށް ފަލަސްޠީނާއިއެކު ތިބިކަން ހާމަ ކުރުމަށް ހދ.ނައިވާދޫގައި ހިނގާލުމެއް ކުރިއަށް ގެންގޮސްފިއެވެ.

އިއްޔެ ހަވީރު ނައިވާދޫގައި ކުރިއަށް ދިޔަ ހިނގާލުމުގައި، ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވެފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި އެއްވުމުގެ ކުރިއަށް ގެންދިޔައީ ފަލަސްޠީނުގެ ދިދަ އާއި އެކިއެކި ޝިއާރުތައް ލިޔެފައިވާ ބޯޑުތައް ބޭނުން ކޮށްގެން ފަލަސްޠީނާއިމެދު އޮތް ލޯބި ދައްކާލުމާއެކުއެވެ.

މި ހިނގާލުމުގައި ނައިވާދޫ ކުދިބޮޑު ގިނަ ބަޔަކު ބައިވެރިވެ ޝުޢޫރު ފާޅުކުރުންވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

މި ހަރަކާތުގައި އިސްކޮށް އުނުޅު ޒުވާނަކު ބުނީ މިފަދަ ހަރަކާތެއް ބޭއްވުމުގެ ބޭނުމަކީ ނައިވާދޫ ރައްޔިތުން ތިބީ ފަލަސްޠީނާއެކުކަން ހާމަ ކުރުމާއި، އިސްރާއީލުން ޣައްޒާގެ ރައްޔިތުންނަށް ދޭ އަނިޔާތައް ކުށްވެރި ކުރުން ކަމަށެވެ. ނައިވާދޫ ވެސް ފަލަސްދީނު ރައްޔިތުން އެއަޅާ ވޭން ތަހަންމަލު ކުރާކަން ހާމަކުރުން ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ