ކޮވިޑްގައި މިއަދު ދެވަނަ މީހަކު މަރުވެއްޖެ، މި މަހުގެ 52 ވަނަ މަރު

ޚަބަރު ފަހުގެ

ކޯވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މަރުވެފައިވަނީ އުމުރުން 62 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެމީހާ މަރުވީ މިއަދު ހެނދުނު 10:49 ގައި އެވެ.

އިޝްތިހާރު
އިޝްތިހާރު

މަރުވި އިރު އޭނާއަށް ފަރުވާ ދެމުން ދިޔައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެވެ.

މިއީ މިއަދު ކޯވިޑް ޖެހިގެން މަރުވި ދެ ވަނަ މީހާ އެވެ. މިއަދު ފުރަތަމަ މަރުވެފައިވަނީ ހެނދުނު 8:07 ގައި އުމުރުން 66 އަހަރުގެ ދިވެހި ފިރިނހެނެކެވެ.

މިއަދު މަރުވި ދެ ވަނަ މީހާ އަކީ މިމަހުގެ ތެރޭގައި ކޯވިޑް ޖެހިގެން މަރުވި 52 ވަނަ މީހާ އެވެ. އަދި ރާއްޖެއިން ކޯވިޑް-19 ޖެހިގެން މަރުވި 125 ވަނަ މީހާ އެވެ.

އިއްޔެ ރާއްޖެއިން ކޯވިޑަށް ފަރުވާ ދެމުން ދިޔަ ތިން މީހަކު މަރުވެފައި އެވެ. ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އެ ތިން މީހުންނަކީ އުމުރުން 59 އަހަރާއި، 39 އަހަރާއި 48 އަހަރުގެ މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 54،365 މީހުން ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 22،421 މީހުންނަށް މިހާރުވެސް ދަނީ ފަރުވާ ދެމުންނެވެ.

ކޯވިޑަށް ޕޮސިޓިވްވި މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައިވަނީ 31،812 މީހުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ