ހުޅުވާލެވިފައިވާ ސިޓީއެއް : އާދައިގެ ރައްޔިތު މީހާ ފިޔަވައި ޒިންމާ ވާންޖެހޭ މީހެއް ބޮޑުންގެ ނަޒަރުގައި ނެތީ ތޯއެވެ.

ރިޕޯޓް އިޖުތިމާޢީ ފަހުގެ

މިއަދު ފޭސްބުކް ބަލައި ނުލެވޭތީ ފޭސްބުކް ބަލައިލަން ހިތަށް އަރާ ފޯނު ނަގާ ފޭސްބުކަށް ވަދެލީމެވެ. ފުރަތަމަ ވެސް ފެނުނުން ޕޯސްޓާއެކު ހުއްޓުން އެރިއެވެ.

” ކޮވިޑް ފެތުރެނީ ރައްޔިތުންގެ އާދަކާދަ ހުންނަ ގޮތެއްގެ ސަބަބުން” މިފަދައިން ލިޔެފައިވާ ޕޯސްޓެކެވެ. މިހެން ބުނިކަމަށް މިވަނީ ހެލްތު މިނިސްޓަރ އަހްމަދު ނަސީމެވެ.

އިޝްތިހާރު
އިޝްތިހާރު

މަނިކުފާނޭ! ރައްޔިތުން ތިޔަ ބޭފުޅުން އެދުނު ގޮތަކަށް ބުނިގޮތަކަށް ކަންތައް ކުރަމުން ދަނިކޮށް ތިޔަ ބޭފުޅުން ހާއްސަ ހުއްދައޭ ކިޔާ އެއްޗެއް ތައާރަފު ކުރީމު ނޫން ހެއްޔެވެ؟ އެހުއްދަ ދިނުމަށްފަހު އެރަށެއްގެ ރައްޔިތުން ނުރުހުނަސް ސިޔާސީ ވަފުދުތަކަށް ތިޔަ ބޭފުޅުން ހުއްދަ ދިނީމު ނޫން ހެއްޔެވެ؟ ހަމަ ޔަގީނުންވެސް އެ ހުއްދައިގެ ދަށުން ދިޔައީ މަޖުބޫރު ޒަރޫރީ ހިދުމަތަކަށް ނޫނެވެ. އެހެން ފޮނުވި މީހުންގެ ސަބަބުން އެތަށް ރަށަކަށް ބަލި ފޯރިއެވެ. ބަސް އަހައިގެން ޒަރޫރީ އެތައްކަމަކުން މަހްރޫމުވެވިގެން ތިބި ނިކަމެތި ރައްޔިތުން ނުރައްކަލަކަށް ހުށަހެޅުނެވެ.

މީގެ އިތުރުން ލޯކަލް ކައުންސިލް އިންތިހާބަށް ތިޔަ ބޭފުޅުން އިސްވެތިބެ ސަރުކާރުން ކިހާ ވަރަކަށް ސިޔާސީ ހަރަކާތް ހިންގީމު ހެއްޔެވެ. ރައްޔިތުން އެއްކޮށްގެން ބެރުޖަހައި ނެށީމު ނޫންތޯއެވެ.

ދެން ވެސް ހަމަ ބުނާނީ ބަލި ފެތުރެނީ ރައްޔިތުންގެ އާދަކާދަ ހުންނަގޮތެއްގެ ސަބަބުން ކަމަށް ތޯއެވެ.

އިންޑިޔާ ގައި ބަލި ފެތުރި ހާލު ބޮޑު ވިއިރުވެސް އެތަނުން އަންނަ މީހުން ކަރަންޓީންވާން ނުޖެހޭ ގޮތަށް ހެދީވެސް ތިޔަ ބޭފުޅުންނެވެ. ޑޮކްޓަރުންގެ އާދޭހާވެސް ދެކޮޅަށެވެ. އަދި ރައްޔިތުންގެ އާދޭސް ކުރުމަށްވެސް ބެލުމެއްނެތި އެކަން އެހެން ކިހާ ދުވަހަކު ބޭވީމު ނޫން ހެއްޔެވެ.

ދެން ވެސް ހަމަ ބުނާނީ ބަލި ފެތުރެނީ ރައްޔިތުންގެ އާދަކާދަ ހުންނަގޮތެއްގެ ސަބަބުން ކަމަށް ތޯއެވެ.

މަނިކުފާނު އެވެ. މިފަހަރު ތިޔަ ބުނުއްވީ ރަނގަޅަކަށް ނޫނެވެ. ތިޔަބައި މީހުން ވަކި ކަމެއް ހާސިލުކުރަން އުޅެން ހަދައިގެން އަތުން ލަގަން ދޫވެ ބީ ވީކަމަށް ބުނުން މާރަނގަޅުވާނެއެވެ. އަދި މިހާލަތަށް ދިޔައީ ވެެރިން ދެއްކި ނާތަހުޒީބު ނަމޫނާ އާއި ސަރުކާރުން ގެންގުޅުނު ސިޔާސަތު ގޯސް ވެގެންނޭ ބުނުން މާ ރަނގަޅުވާނެއެވެ. ދެންވެސް ރައްޔިތުންގެ ބޮލަށް ކަނޑައިނުލައްވާ ހަރުދަނާ ނަމޫނާ އެއް ދެއްކެވޭތޯ މަސައްކަތް ކުރައްވާށެވެ.

ކުރީ ސަރުކާރުން ނެއްޓެން ނޭނގިގެން އުޅޭ ގޮތަށް ރައްޔިތުންނޭ ކިޔައި ރައްޔިތުންގެ ބޮލުން ނެއްޓެން ނޭނގިގެން އުޅުއްވަނީ ތޯއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ