ރ. އުނގޫފާރު މަގުތަކުގެ ސަބްގްރޭޑް މަސައްކަތްތަކުގެ 86 އިންސައްތަ ނިންމާލައިފި

ޚަބަރު ފަހުގެ

ރ. އުނގޫފާރުގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ދަށުން މަގުތަކުގެ ސަބްގްރޭޑް މަސައްކަތްތަކުގެ 86 އިންސައްތަ މަސައްކަތް ނިންމާލައިފި އެވެ.

އުނގޫފާރު މަގުތައް ހެދުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.

އިޝްތިހާރު
އިޝްތިހާރު

އެމްޓީސީސީން ބުނީ އުނގޫފާރު މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާކަމަށެވެ. އެގޮތުން މަގުތައް ހެދުމުގެ މަސައްކަތުގެ ދަށުން، ސަބްގްރޭޑް މަސައްކަތްތަކުގެ 86 އިންސައްތަ ނިންމާލެވިފައިވާކަމަށް އެ ކުންފުނިން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން، 16،488 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުމަށް ހަމަޖެހިފައިވެއެވެ. އަދި 16،488 އަކަ މީޓަރުގެ ސަރަޙައްދެއްގައި އޭބީސީ ފަށަލަ އެޅުމާއި، 16،488 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްގްރޭޑް މަސައްކަތް ކުރުމަށްވެސް އެމްޓީސީސީ އާއި ވަނީ ހަވާލުކުރެވިފަ އެވެ.

އޭގެއިތުރުން ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް މަޝްރޫއުގެ ދަށުން ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ