މޮނިޓަރިންގެ ހާލަތަށް ގެންނަ ރަށްތަކުގައި މާދަމާއިން ފެށިގެން 7 ގަޑިއިރުގެ ކާފިއު ހިންގަނީ

ޚަބަރު ފަހުގެ

ކޯވިޑް-19އާއި ގުޅިގެން މޮނިޓަރިންގެ ހާލަތަށް ގެންނަ ރަށްތަކުގައި މާދަމާއިން ފެށިގެން 7 ގަޑިއިރުގެ ކާފިއުއެއް ހިންގަން ނިންމައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ)އިން ވިދާޅުވީ މޮނިޓަރިންގެ ހާލަތަށް ގެނެވޭ ރަށްރަށުގައި ރޭގަނޑު 9:00އިން ފެށިގެން ފަތިހު 04:00އާ ހަމައަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާވާނެ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މިއާއެކު ޒަރޫރީ ބޭނުންތަކުގައި މެނުވީ ގެއިން ބޭރަށް ނުނިކުމެވޭނެކަމަށާއި، ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުންވެސް އެރަށްތަކުގައި ހުއްޓާލަންވަނީ އަންގާފައެވެ.

މީގެ އިތުރުން އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުމާއި، އެއްފަހަރާ 3 (ތިނެއް) މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެއުޅުން ހުއްޓައިލަންވެސްވަނީ އަންގާފައެވެ. އަދި ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރުމާއި، މޮނިޓަރިންގއަށް ލެވޭ ރަށްރަށުގައި ހުރިހާ ކުޅިވަރު ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުން ހިމެނެއެވެ.

މީގެ އިތުރުން ފިހާރަތަކުން ޚިދުމަތް ދޭއިރު، ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެ އެއްގޮތަށް ޚިދުމަތް ދިނުމަށާއި، ޔުނިވަރސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުމުގެ އިތުރުން
ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓުތަކާއި، ކާބޯތަކެތީގެ ޚިދުމަތް ދޭ އެހެނިހެން ތަންތަނުން ދެމުންގެންދާ ޚިދުމަތްތައް
ހުއްޓައިލުމަށްވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ. މީގެ ތެރޭގައި، ޓޭކްއަވޭއާއި ޑެލިވަރީގެ ޚިދުމަތެއް ނުހިމެނެއެވެ.

ވެބްސައިޓަށް ޒިޔާރަތް ކުރުމަށް  ފޮޓޯ އަށް ފިތަލާ

ނަމަވެސް ކާފިއުގެ ވަގުތުތަކުގައިވެސް ސިފައިންނާއި ފުލުހުންނާއި، ޞިއްޙީ ޚިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި، އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރުގެ އިތުރުން އެމްބިއުލަންސްތަކާއި، މޮނިޓަރިން ގެ ހާލަތުގައި އޮންނަ ރަށްރަށުގެ ޓާސްކުފޯހު ގެ ފާސް ލިބިފައިވާ ފަރާތްތަކާއި، އިމެޖެންސީކޮށް ޞިއްޙީ ޚިދުމަތް ހޯދަންޖެހޭ ފަރާތްތައްކަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ބޭރަށް ނުކުމެއުޅެވޭނެއެވެ.

ރަށްރަށުގައި މާދަމާއިން ފެށިގެން އަޅަން ނިންމާފައިވާ މި ފިޔަވަޅުތައް ތަންފީޛު ކުރުމުގައި، ވަގުތާއި ހާލަތަށް ރިޢާޔަތްކޮށް،
އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުންންކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.

އަދި ރަށްރަށުގައި އަޅާ ފިޔަވަޅުތައް އެޅުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ “ކޯވިޑް-19 ފެންނަ
ރަށްރަށުގައި ކޯވިޑް-19 އިން ރައްކައުތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާއި ޢަމަލުކުރާނެގޮތުގެ އުސޫލު”ގައިވާ ގޮތުގެ މަތިން
ޢަމަލުކުރަންވާނެކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ