އިންޓަނެޓްގެ އަގު ހެޔޮކުރުން އިބިލީހުގެ ކައިވެންޏަށް

ޚަބަރު ފަހުގެ

އިންޓަނެޓްގެ ހެޔޮ އަގުތައް އިއުލާނު ކުރުމަށް މިއަދު ބޭއްވުމަށް ހަމަޖެހިފައި އޮތް ރަސްމިއްޔާތު އިބިލީހުގެ ކައިވެންޏަށްވެ ހަފުލާ ފަސްކޮށްފިއެވެ.

އިންޓަނެޓްގެ ހެޔޮ އަގުތައް ޓެކްނޮލޮޖީ މިނިސްޓްރީން ފުރަތަމަ އިއުލާނު ކުރާގޮތަށް ހަމަޖެހިފައި އޮތީ އިއްޔެއެވެ. އެހެން ނަމަވެސް އެ ރަސްމިއްޔާތު މިއަދު ހެނދުނު 10:00 އަށް ފަސް ކުރުމަށް ފަހު އަނެއްކާވެސް އެ ރަސްމިއްޔާތު މިވަނީ ފަސްކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ރަސްމިއްޔާތު ފަސްކޮށްފައިވަނީ ކޮވިޑް-19 އާ ގުޅިގެން މުޅި ދުވަހު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ނިންމުމާ ގުޅިގެންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުން އިންޓަނެޓްގެ އަގުތައް ހެޔޮކޮށް ފިކްސްޑް ބްރޯޑްބޭންޑަށް ހުށަހަޅާފައި ވަނީ، 5 އެމްބީޕީއެސްގެ ސްޕީޑުގައި 250ރ އަށް 30 ޖީބީ، 15 އެމްބީޕީއެސްގެ ސްޕީޑުގައި 500ރ އަށް 100 ޖީބީ އަދި 25 އެމްބީޕީއެސްގެ ސްޕީޑުގައި 750ރ އަށް 200 ޖީބީއެވެ.

އިންޓަނެޓްގެ އަގު ހެޔޮ ކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ މިމަހުގެ ކުރީކޮޅު މަޝްވަރާވެސް ކޮށްފައެވެ.

ފާހަގަކޮށްލަންޖެހޭ ކަމަކީ ސަރުކާރަށް ކޮންޓްރޯލް އޮންނަ ޓެލެކޮމް ކުންފުންޏެެެއް މިވަގުތު ރާއްޖޭގައި ނެތްކަމެވެ. މިހާރު ވެރިކަންކުރާ އެމް.ޑީ.ޕީ ސަރުކާރުން 2008 ގައި ސަރުކާރު ހިންގުމާ ހަވާލުވެ، ސައްތައިން ސައްތަ ސަރުކާރުގެ ހިއްސާ އޮތް ދިރާގު ގެ ހިއްސާގެ ބޮޑު ބައެއް އަމިއްލަ ފަރާތަކަށް ވިއްކާލިއެވެ. މިއީ ބައެއް މީހުން ތުހުމަތުކުރާ ގޮތުގައި އިންޓަނެޓްގެ އަގު ހެޔޮކުރުމަށް ދިވެހި ސަރުކާރަށް ދިމާވެފައިވާ އެެއް ގޮންޖެހުމެވެ. ސަރުކާރަށް މިޖެހެނީ ސަލާން ޖަހާށެވެ. ފެނާއި ކަރަންޓު ފަދައިން މި ޒަމާނުގައި އިންޓަނެޓް ވެފައިވަނީ ޒަރޫރީ ހިދުމަތަކަށެވެ. ޒަރޫރީ ހިދުމަތެއްގެ ކޮންޓްރޯލް ސަރުކާރަށް ނެތުމީ މަލާމާތެކެވެ.

އިންޓަނެޓްގެ އަގު ހެޔޮ ކުރުމަކީ މިސަރުކާރުގެ ވައުދަކަށް ވީއިރު މިހާހިސާބަށް އައިރުވެސް އެކަން ނުވެ އޮތުމުން ގިނަ ބައެއްގެ ފާޑުކިޔުންވަނީ އަމާޒުވެފައެވެ. އަދި ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މަގާމުން ދުރުކުރީވެސް، އިންޓަނެޓްގެ އަގު ހެޔޮ ކުރުމަށް އެކަށީގެންވާ މަސައްކަތް ނުކުރާކަމަށް ތުހުމަތުކޮށްފައިވެއެވެ.

ވެބްސައިޓަށް ޒިޔާރަތް ކުރުމަށް  ފޮޓޯ އަށް ފިތަލާ
އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ