މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިންގާ ބޮޑެތި ގެއްލުންތަކެއް

ޚަބަރު ފަހުގެ

މާލޭ ސިޓީގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ، ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

މި ހާދިސާ ހިންގާފައިވަނީ މއ.މޯނިންވިއުގަ އެވެ. މައުލޫމާތު ލިބޭ ގޮތުގައި އަލިފާނުގެ މި ނުރައްކާތެރި ހާދިސާ ހިނގީ މިއަދު ފަތިހު 5:00 އެހާއިރު އެވެ. އަދި މި ހާދިސާ ހިނގުމާއިއެކު އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާންފަނޑު ކޮންޓްރޯލްކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމަށް އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ގަޑިއިރެއްހާއިރުގެ މަސައްކަތުންނެވެ.

މި ހާދިސާއާ ގުޅިގެން ސިފައިން ވިދާޅުވީ ގޭގައި އަލިފާން ރޯވި ސީދާ ސަބަބެއް އަދި ނޭނގޭ ކަމަށެވެ. ހާދިސާ ހިނގި ގެއިން ނުކުންނަށް އުޅުމުގެ ތެރޭގައި ބައެއް މީހުންނަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ