ހަނިމާދޫ އެއަރޕޯޓަށް އަލަށް އިތުރުކުރާ ބިމާ މެދު މާދަމާގެ ޖަލުސާގައި ކައުންސިލުން ގޮތެއް ނިންމަނީ

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ އެއަރޕޯޓަށް އަލަށް އިތުރުކުރާ ބިމާ މެދު ގޮތެއް ނިންމުމާއި ގުޅޭގޮތުން ކައުންސިލުން މާދަމާގެ ޖަލުސާގައި މަޝްވަރާކުރުމަށް ނިންމައިފިއެވެ.

އިތުބާރު ހުރި މަސްދަރަކުން ގޮށްކޮޅަށް ހިއްސާކޮށްފައިވާ މައުލޫމަތުގައި ވަނީ މާދެން ބާއްވާ ހަނިމާދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 3 ވަނަ ޖަލްސާގައި މިނިސްޓިރީ އޮފް ނޭސަނަލް ޕެލޭނިންގ ހައުސިންގި އެންޑް އިންފްރާސްޓްރަކްޗަރ އިން ހޯދެއްވުމަށް އެދިފައިވާ ބިން ދޫކުރުމާ ގުޅޭގޮތުން ގޮތެެއް ނިންމާނެކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މި ބިން ހޯދަން ނިމިދިޔަ ކައުންސިލު ގައިވެސް ހައުސިންގ މިނިސްޓްރީއިން އެދިފައިވެެއެވެ. ނަމަވެސް އެފަދައިން އެވަގުތު ބިމުގެ ކަންތައް ކުރުން ކައުންސިލުގެ މައްޗަށް ލޯކަލް ގަވަރމެންޓު އޮތޯރިޓީން މަނާކޮށްފައިވާތީ، އެކައުންސިލުން ވަނީ އެކަމާ ގުޅޭގޮތުން ރައްޔިތުންގެ ބަހެއް ނުހޯދާ ހައުސިން މިނިސްޓްރީއިން އެދިފައިވާ ބިން އިތުރުކޮށްދެވެން ނެތްކަމަށް ބުނެފައެވެ.

ހަނިމާދޫ އެއާޕޯޓަށް އިތުރުކުރާ ސަރަހައްދު، ކުރީގެ ކައުންސިލަށް ފޮނުވާފައިވާ ކުރެހުން

ރަށުގެ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށް ރަށުގެ ތަރައްގީއަށް ބިން ދިނުމަކީ މައްސަލައެއް ނޫނެވެ. އަދި އެއީ ކައުންސިލުގެ ބާރުގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަމެކެވެ. ވަކިން ހާއްސަކޮށް އެއަރޕޯޓް ފަދަ ތަރައްގީގެ ބޮޑެތި މަސްރޫޢުތަކަށް ބިން ދިނުމަކީވެސް ވަރަށް ރަނގަޅު ނިންމުމަކަށްވެސް ވެދާނެއެވެ.

ނަމަވެެސް ކޮންމެ ކަމެއްވެސް ކުރަންވާނީ އެކަމުގައި އެންމެ މަސްލަހަތު އޮތް ގޮތަށެވެ. މިސާލަކަށް ބިން އިތުރުނުކޮށްވެސް އެކަމުގެ އެންމެ ފުރިހަމަ މަންފާ ލިބޭނެތޯ ބަލާލުން ފަދަ ކަންކަމެވެ. މިކަމުގެ ސަބުން ކުރާނެ ރަނގަޅު ނަތީޖާއާއި ނުރަނގަޅު ނަތީޖާ މިނެކިރާލަން ވާނެއެވެ.

ހަނިމާދޫގައި ލޭންޑް ޔޫސް ޕްލޭނެެއް އެކުލާވާލެވިފައިވާނަމަ، އެކަމުގައި ރައްޔިތުންގެ ހިއްސާ ކިހާވަރަކަށް އޮތް ހެެއްޔެެވެ. ލޭންޑް ޔޫސް ޕްލޭނުގައި އެއަރޕޯޓް ބޮޑުކުރުން ފަދަ ކަންކަމަށް ރިޢާޔަތްކުރެވިފައިވޭ ހެެއްޔެވެ.

ރަށުގައި ހިނގާ ކޮންމެ ކަމަކީވެސް ރައްޔިތުންނާ ގުޅި ލާމެހިފައިވާ ކަންކަމެވެ. ވަކިން ހާއްސަކޮށް ބިމުގެ މައްސަލައެވެ. އަދި ހަމަ އެހެންމެ ބޯހިޔާވެހިކަމަށް ބިން ހޯދުން ދަތި ހަނިމާދޫ ފަދަ ރައްތަކުގައެވެ.

ކައުންސިލެއްގެ ބޭނުމަކީވެސް ރައްޔިތުންގެ މަޝްވަރާގެ މަތިން ރައްޔިތުންނާ ގާތުން ހިދުމަތްދީ ރަށުގެ ނިންމުންތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމެވެ. ކައުންސިލުތަކުގެ މެޖޯރިޓީ މި ސަރުކާރުން ހޯދީ މި ސިޔާސަތު ވިއްކައިގެން ނޫންތޯއެވެ.

ކަން މިހެން އޮތްއިރު، ހަނިމާދޫ އެއަރޕޯޓަށް ބިން އިތުރުކުރުމުގެ އެއްވެސް ވާހަކައެއް ރައްޔިތުންނާ ހަމައަށް ތިލަނުކޮށް، އެ ބިން ދިނުމާ ގުޅޭގޮތުން ކައުންސިލުން ގޮތެއް ނިންމައިފިނަމަ ރަށުގެ ކަންކަމުގައި ރައްޔިތުންގެ ބައިވެރިވުން ކޮބައި ހެއްޔެވެ. އެންމެ ކުޑަމިނުން މިކަމުގެ މައުލޫމާތު ހިއްސާކޮށްލައި ހިޔާލު ހޯދާލުންވެސް ނެތީ ހެއްޔެވެ.

މިދައުރުގެ ފުރަތަމަ ޖަލްސާ ބާއްވާފައިވަނީ ހެނދުނު 11 ޖެއިއިރުގައި ކަމުން މާދަމާގެ ޖަލްސާވެސް ބާއްވާނީ ހެނދުނުގެ ވަގުތުކައި ކަމަށް ލަފާކުރެވެއެވެ.

advertisement
އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ