ކުޅުދުއްފުއްޓަށް ގެންދިޔަ ހަނިމާދޫ މާބަނޑު އަންހެނަކު ލޯންޗުތެރޭގައި ވިހައިފި

ހަނިމާދޫ ޚަބަރު ފަހުގެ

ހދ ހަނިމާދޫ ސިއްހީ މަރުކަޒުން، އެއަތޮޅު ކުޅުދުއްފުއްޓަށް ފޮނުވި މާބަނޑު އަންހެނަކު ލޯންޗުތެރޭގައި ވިހައިފި އެވެ. ވިހާފައިވަނީ ފިރިހެން ކުޖެކެވެ.

އަންހެން މީހާ ވިހެއީ މިއަދު ހެނދުނު 07:10 ކަންހާއިރުއެވެ. ކުޅުދުއްފުށީގެ ޚަބަރުތައް ގެނެސްދޭ “ކޭއޯ” ގައި ބުނެފައި ވަނީ އަންހެން މީހާ އާއި ތުއްތު ކުއްޖާގެ ހާލު ވެސް ރަނގަޅު ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެނޫހަށް މައުލޫމާތު ދިން މީހަކު ބުނީ ހަނިމާދޫ ސިއްހީ މަރުކަޒުން ކުޅުދުއްފުއްޓަށް ފޮނުވި މީހެއް ކަމަށާއި ވިހެއީ ލޯންޗު ކުޅުދުއްފުށީ ފަޅުތެރޭގައި އޮއްވާ ކަމަށެވެ. ސީކްއީން-03 ނަމަކަށް ކިޔާ ލޯންޗު ކުޅުދުއްފުއްޓަށް އައިރު އެމްބިއުލާސް ބަނދަރުމަތީގައި ތައްޔާރަށް އޮތެވެ.

އެ މީހާ ވިހެއިރު ހަނިމާދޫ ސިއްހީ މަރުކަޒުގެ ދެ ސިއްހީ އެހީތެރިޔަކު ލޯންޗުގައި ތިއްބެވެ. ވިހެއީ އެމީހުންގެ އެހީތެރިކަމާއިއެކުއެވެ.

އެމްބިއުލާސްއަށް ލައިގެން ގެންދިޔައިރު ދެ މައިންގެ ހާލުވެސް ރަނގަޅު ކަމަށްވެސް މައުލޫމާތުލިބެ އެވެ.

މިކަމާއި ގުޅިގެން ހޮސްޕިޓަލްގެ ބަހެއް އަދި ނުލިބެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ