ٱلْحَمْدُ لِلَّٰهِ‎ މާދަމާއިން ފެށިގެން މާލެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރެވޭނެ

ޚަބަރު ފަހުގެ

ٱلْحَمْدُ لِلَّٰهِ‎ މާދަމާއިން ފެށިގެން މާލޭ މިސްކިތުގައި ޖަމާއަތުގައި ނަމާދު ކުރެވޭނެ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އާ އާންމު ހާލަތުގައި ދޭން ފަށާފައިވާ ލުއިތަކުގެ ދަށުން ޖުލައި އެކަކުން ފެށިގެން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރެވޭނެ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ކޮވިޑް-19 އާ ގުޅިގެން މާލެ ސިޓީގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މަނާ ކުރީ އޭޕްރީލް 15 އިން ފެށިގެންނެވެ. މި މަހުގެ 14 ވަނަ ދުވަހު ވަނީ މިސްކިތްތަކަށް ގޮސް ނަމާދު ކުރުމުގެ ހުއްދަ ދީފައެވެ. އޭރުގައި ވެސް ޖަމާއަތުގައި ނަމާދުކުރުން އޮތީ މަނާކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ