ހަނިމާދޫ ރައްޔިތުންގެ ފަރާތުން 41،020 ރުފިޔާގެ ފައިސާގެ އެހީ ފަލަސްތީން މުސްލިމުނަން އެހީވުމަށް ފޮނުވައިފި

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ ރައްޔިތުންގެ ފަރާތުން 41،020 ރުފިޔާގެ ފައިސާގެ އެހީ ފަލަސްތީން މުސްލިމުނަން އެހީވުމަށް ފޮނުވައިފިއެވެ.

މި އެހީ ދެންމެ ފޮނުވާފައި ވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) ފަރާތުން ފަލަސްތީން އެހީވުމަށް ފަށައިފައިވާ ކެމްޕޭންގައި ހާއްސަކުރެވިފައިވާ އެކައުންޓަށެވެ.

އިޝްތިހާރު
އިޝްތިހާރު

މިފައިސާއަކީ ހަނިމާދޫ ޒުވާނުން ތަކެއް އިސްނަގައިގެން މިދިޔަމަހު 21 ވަނަ ދުވަހުން ފެށިގެން 31 ގެ ނިޔަލަށް ހުޅުވާފައިވާ ފަންޑު ފޮއްޓަށް ހެޔޮއެދޭ ފަރާތްތަކުން ވެދީފައިވާ އެހީއެވެ.

މިހަރަކާތް ހިންގުމުގައި އިސްކޮށް ހަރަކާތް ތެރިވި ދާޢޫދު ރަޝީދު ގޮށްކޮޅަށް މައުލޫމާތު ދެމުން ވިދާޅުވީ ހަނިމާދޫ ލޮބުވެތި އެންމެހައި ރައްޔިތުންނާއި މި ފަންޑު ފޮއްޓަށް އެހީވި އެންމެހައި ފަރާތްތަކަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރާކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ